logo
MPL

MPL

ވިޔަފާރި

ފަހު 10 ގައި ބީއެމްއެލް އިން ހިދުމަތް ދޭނީ 2 ދުވަހު!

މުޙައްމަދު އަފްރާޙް
2 މާރިޗު 2026 - 09:55
ފަހު 10 ގައި ބީއެމްއެލް އިން ހިދުމަތް ދޭނީ 2 ދުވަހު!

ރަމަޟާންމަހުގެ ފަހު 10ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޚިދުމަތް ދޭނީ 2 ދުވަހު ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ކުރި އިއުލާނެއްގައި ބުނީ ރަމަޟާންމަހުގެ ފަހު 10ގައި އެ ބޭންކުގެ ބްރާންޗުތައް ހުޅުވާފައި ހުންނާނީ މާރިޗު 11 އަދި 18 ވަނަ ދުވަހު ކަމަށެވެ. އަދި އެ 2 ދުވަހުގެ ހެނދުނު 9:30 އިން 12:30 އަށް ބްރާންޗު ހުޅުވައި ޚިދުމަތް ދޭނެ ކަމަށެވެ.

އެއަށްފަހު، ބޭންކްގެ ބްރާންޗުތައް ބަންދުވި ނަމަވެސް އޮންލައިންކޮށް ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހުގެ މުއްދަތުގައި ބޭންކުގެ ބްރާންޗުތައް ހުޅުވާނީ 9:30 އިން 12:30 އަށް ކަމަށް ވަނީ ބުނެފައެވެ.

ރަމަޟާން މަހު ފަހު ދިހައެއް ބަންދުވުމާއި ގުޅިގެން އާންމުންނަށާއި، ބޭންކުތަކަށް ޚިދުމަތް ދިނުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ވެސް 2 ދުވަހަކު ހުޅުވާނެ ކަމަށް ވަނީ މީގެކުރިން ބުނެފައެވެ.

އެމްއެމްއޭއިން ރަމަޟާން މަހުގެ ފަހު ދިހައެއްގައި ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، މާރިޗު މަހު 11 ވަނަ ދުވަހާއި 18 ވަނަ ދުވަހު ހެނދުނު 9:00 އިން މެންދުރުފަހު 01:00 އަށް ކަމަށްވެސްބުނެއެވެ. ރަމަޟާން މަހުގެ ފަހު ދިހައެއް ސަރުކާރު ބަންދު ނަމަވެސް، އެކިއެކި އިދާރާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ އިދާރާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ފޯރުކޮށްދިނުމުގެ އިންތިޒާމު ކޮންމެ އަހަރަކުވެސް ދަނީ ކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

25,000ރ. ގެ އިނާމާއެކު ބީއެމްއެލްގެ "ސްވައިޕް. ސްޕެންޑް. ވިން." ޕްރޮމޯޝަން ފަށައިފިވިޔަފާރި | 4 ދުވަސް ކުރިންއެސްއެމްއީތަކަށް ޑޮލަރުން ފައިސާ ލިބޭ ބީއެމްއެލް ޕޭމަންޓް ގޭޓްވޭއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިވިޔަފާރި | 4 ދުވަސް ކުރިންޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވަހި ހުޅުވާލައިފިވިޔަފާރި | 4 ދުވަސް ކުރިންބޯހިޔާވަހިކަމުގެ އިކުއިޓީ ދައްކަން ދަތިވި މައްސަލައަށް ސަރުކާރުން ހައްލެއް ގެނެސްދީފިޚަބަރު | 17 ދުވަސް ކުރިން