logo
MPL

MPL

ޚަބަރު

ވަޤްފު މަޝްރޫޢުތަކަކީ މުޅި ރާއްޖޭގެ އިސްލާމީ ޚިދުމަތާ ގުޅިފައިވާ މަޝްރޫޢުތަކެއް: ވަޒީރު ޝަހީމް

އައިޝަތު ނަޝާ
30 އޮކްޓޯބަރު 2025 - 13:42
ވަޤްފު މަޝްރޫޢުތަކަކީ މުޅި ރާއްޖޭގެ އިސްލާމީ ޚިދުމަތާ ގުޅިފައިވާ މަޝްރޫޢުތަކެއް: ވަޒީރު ޝަހީމް

ވަޤްފު މަޝްރޫޢުތަކަކީ މުޅި ރާއްޖޭގެ އިސްލާމީ ޚިދުމަތާ ގުޅިފައިވާ މަޝްރޫޢުތަކެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ވަޤުފް ދާއިރާއަށް އިންވެސްޓްކުރުމަށް ބޭންކް އޮފް މޯލްޑިވްސްއާ އެކު އިސްލާމިކް މިނިސްޓްރީން ފަހުމުނާއެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު އިތުރަށް ވިދާޅުވީ،ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އިސްލާމީ އުޞޫލުން އިންވެސްޓް ކުރުމަކީ ޤައުމަށް ކޮށްދޭ އަގުހުރި ޚިދުމަތެއްކަމަށެވެ. އަދި ވަޤުފް މަޝްރޫޢުތައް ފެށުން ލަސްވެފައި ވަނީ އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހުން ފަސްވެފައިވާތީ ކަމަށާއި،ނަމަވެސް ބީއެމްއެލްއާ އެކު ވެވުނު އެއްބަސްވުމާ އެކު މަޝްރޫއުތައް ފެށިގެންދާނެ ކަމަށާއި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސް ތެރޭގައި މަޝްރޫޢުތައް ނިންމާލުމަކީ ވަޒީރުގެ އަމާޒެއްކަމަށް ވިދާޅުވިއެވެ.

މީގެ އިތުުން ރާއްޖޭގައި އެތައް ސަތޭކަ މިސްކިތްތަކެއް އެބަ ހުރި ކަމަށާާއި، މި މިސްކިތްތައް އެއްފަހަރާ މަރާމާތުކުރުމަށާއި ހުރިހާ ކަމަކަށް ޚަރަދުކުރުމަކީ ދަޢުލަތުގެ ބަޖެޓަށް އެކަނި ބަރޯސާވެގެން ކުރެވޭނެ ކަންކަމެއް ނޫންކަމުގައި ވަޒީރު ވަނީ ވިދާޅުވެފައެވެ.އަދި މާލޭގައި ޤާއިމްކުރާ މި ފަދަ ތަންތަނުން މުޅިރާއްޖެއަށް ފައިދާކުރާނެ ކަމަށް ވެސް ވަޒީރުގެ ވާހަކާގައި ފާހަގަ ކޮށްފައިވެއެވެ.

ވަޤުފް މަޝްރޫޢުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވައިފައެވެ. މިގޮތުން މާލޭގެ އިތުރުން އައްޑޫ، ފުވައްމުލައް، ތިނަދޫ، ކުޅުދުއްފުށި އަދި ގއ. ވިލިނގިލީގައި ވަޤުފް މަޝްރޫޢު ފަށާނެކަމަށް ވަނީ އިޢުލާންކުރައްވައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަޤީރުންނަށް އެންމެ ބޮޑު ހޭދައެއް ކުރެވުނީ ވޭތުވެދިޔަ ދެ އަހަރު: ޝަހީމްޚަބަރު | 3 ދުވަސް ކުރިންއޭޓީއެމް މެދުވެރިކޮށް މަހަކު ނެގޭ ޑޮލަރުގެ ލިމިޓް 3،500 ޑޮލަރަށް ބަދަލުކޮށްފިޚަބަރު | 5 ދުވަސް ކުރިންމިނިސްޓަރު ޝަހީމް ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފިޚަބަރު | 9 ދުވަސް ކުރިންއިސްލާމީ ދައުވަތުގެ މަސައްކަތް ރާއްޖޭގައި ކުރެވޭނީ އެންމެން ގުޅިގެން: ޝަހީމްޚަބަރު | 10 ދުވަސް ކުރިން