logo
Bank of Maldives

Bank of Maldives

ޚަބަރު

އަމާޒަކީ އަހަރަކު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަންނަ ފަންޑަކަށް ވަޤުފް ފަންޑު ހެދުން: ޑރ. ޝަހީމް

އާމިނަތު ޝަފާ
26 އޮކްޓޯބަރު 2025 - 11:28
އަމާޒަކީ އަހަރަކު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަންނަ ފަންޑަކަށް ވަޤުފް ފަންޑު ހެދުން: ޑރ. ޝަހީމް

އަމާޒަކީ އަހަރަކު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަންނަ ފަންޑަކަށް އިސްލާމީ ވަޤުފް ފަންޑު ހެދުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދާރުލްއަރުޤަމް ވަޤުފް އިމާރާތުގެ މަސައްކަތް އާރުއާރުސީއާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވަޒީރު ވިދާޅުވީ ވަޤުފް މަޝްރޫޢުތަކަކީ އިސްލާމީ ޙަޟާރަތުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ މަޝްރޫޢުތަކެއްކަމަށެވެ. އިސްލާމީ ޙަޟާރާތް އެކި ޒަމާންތަކުގައި ކުރިއަރާ ދިއުމަށް ވަޤުފް މަޝްރޫޢުތަކުގެ ދައުރު އިސްލާމީ ތާރީޚުން ފެންނަން އެބަ އޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް މިއަދު މިވަނީ އައުޤާފްތަކުގެ ބޭނުން ނުހަނު ބޮޑަށް ޖެހިފައިކަން ފާހަގަކުރައްވަމުން މިކަމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ވަޤުފް މަޝްރޫޢުތަކަށް ފުޅާ ޖާގައެއް ދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މިގޮތުން މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެެ އެކިކަންކޮޅުތަކުގައި ވަޤުފް މަޝްރޫޢުތައް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މި ސޮއިކުރި މަޝްރޫޢުއަކީ ދިވެހިރާއްޖޭގެ އިސްލާމީ ޚިދުމަތަށް މުހިއްމު ދައުރެއް އަދާކުރާނެ މަޝްރޫޢުއަކަށް ވެގެންދާނެ. ި ޢިމާރާތުން ލިބޭ ނަފާގެ ވަކި އިންސައްތައެއް ޒަކާތު ފަންޑަށް އަދި ވަކި އިންސައްތައެއް އިސްލާމީ ވަޤުފް ފަންޑަށް ޖަމާކުރެވިގެންދާނެ. މި މަޝްރޫޢުއަކީ ޒަކާތު ފަންޑާއި އިސްލާމީ ވަޤުފް ފަންޑު ގުޅިގެން ކުރިއަށް ގެންދެވޭ މަޝްރޫޢުއެއް." އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

އަތޮޅު ނުވަތަ ސިޓީ ވަޤުފް މަޝްރޫޢުތަކުގެ މަޤުސަދަކީ އެ އަތޮޅުތަކާއި ސަރަހައްދުގައި ހުރި އިސްލާމީ ކަންތައްތަކަށް އެ މަޝްރޫޢުތަކުން ޚަރަދުކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ވަޤުފާއި ބެހޭ ޤާނޫނެއް ވުޖޫދުކުރުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި މި ޤާނޫނު ފަރުމާ ކުރެވިގެންދާނީ ސަރުކާރުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ވަޤުފް އިމާރާތްތައް ބިނާ ކުރެވޭނެ ގޮތަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވަޤުފެއް ބިނާކުރުން، ނުވަތަ ވަޤުފް އުފެއްދުމަކީ އިސްލާމްދީނުގައި ނުހަނު ބޮޑަށް ބާރު އަޅުއްވާފައވާކަމެއް، އިސްލާމީ ޙަޟާރާތް ކުރިއެރުވުމަށާއި ޢިލްމާއި ތަޢުލީމު ފޯރުކޮށްދިނުމާއި ދީން ކުރިއެރުވުމުގައި އަދި އިސްލާމީ އުއްމަތް ބިނާ ކުރުމުގެ ދައުރު އިސްލާމީ ތާރީޚުގައި ރަންއަކުރުން ވަނީ ލިޔެވިފައި." އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު

ވާހަކަފުޅު ނިންމަވާލައްވަމުން ވަޒީރުވަނީ އަމާޒަކީ އަހަރަކު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަންނަ ފަންޑަކަށް އިސްލާމީ ވަޤުފް ފަންޑު ހެދުންކަމަށް ވިދާޅުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމާޒަކީ އަހަރަކު 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަންނަ ފަންޑަކަށް ވަޤުފް ފަންޑު ހެދުން: ޑރ. ޝަހީމް ޚަބަރު | 5 ގަޑިއިރު ކުރިން ވަޤްފު ޢިމާރާތުން އަހަރަކު 10 މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ލިބޭނެ: ވަޒީރު ޝަހިމްޚަބަރު | 3 ދުވަސް ކުރިންއިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދައްކާފައިވާނެ: ވަޒީރު ޝަހީމްޚަބަރު | 4 ދުވަސް ކުރިންހުރިހާ ރަށެއްގައި ކީރިތި ޤުރުއާން ހިލޭ ކިޔެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ އަމާޒެއް: ވަޒީރު ޚަބަރު | 14 ދުވަސް ކުރިން