logo
Bank of Maldives

Bank of Maldives

ޚަބަރު

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދައްކާފައިވާނެ: ވަޒީރު ޝަހީމް

އައިޝަތު ނަޝާ
22 އޮކްޓޯބަރު 2025 - 11:42
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދައްކާފައިވާނެ:  ވަޒީރު ޝަހީމް

 މި ސަރުކާރު ފެށުނީއްސުރެ މިހާތަނަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެކި މަޝްރޫޢުތަކަށް 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދައްކާފައިވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމް މިހެން ވިދާޅުވީ ކެންދޫގައި ތަރައްގީ ކުރާ މިސްކިތާ ގުޅޭގޮތުން އެ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.މީގެ އިތުރުން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާއިތުވެދިޔަ ސަރުކާރު ނިމިގެންދިޔައިރު އެކި ކުންފުނިތަކަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާ އޮތްކަން ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ސަރުކާރުން މިހާރު ޢިމާރާތް ކުރަމުންދާ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގައި ރަނގަޅު ވަސީލަތްތައް ޤާއިމް ކުރުމަކީ އަމާޒެއްކަމަށާއި އެގޮތުން ހއ. ދިއްދޫގައި މިހާރު މަސައްކަތް ނިމިފައިވާ އިސްލާމީ މަރުކަޒުގެ ހުޅުވޭއިރު އެ މަރުކަޒު ހުޅުވިގެންދާނީ ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއްގެ ގޮތުގައިިކަމަށާއި ހުރިހާ ވަސީލަތެއް ޤާއިމް ކުރެވި ލައިބްރަރީވެސް ޤާއިމްކުރެވިގެންދާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، އަމާޒަކީ މިސްކިތްތަކާއި މަރުކަޒުތަކަކަކީ ޢިލްމީ އަދި އިޖުތިމާޢީ ފައިދާތައް މުޖުތަމަޢުތަކަށް ކުރާނެ ތަންތަނަށް ހެދުންކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް މި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ސަރުކާރުން މުޅި ރާއްޖޭގައި ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުއްވުމަށް ގިނަގުނަ މަަސައްކަތްތަކެއް ކުރަމުން ގެންދާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮފިތައް ޤާއިމް ކުރުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިޢުލާން ކުރައްވާފައިވާ ސިޔާސަތެއްކަމަށާއި މިއާއެކު ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުން އިތުރު ހަރުފަތަކަށް ގެންދެވޭނެކަމަށެވެ.

މިސްކިތްތަކުގެ މަޝްރޫޢުތަކާއި ގުޅޭ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒީރަށް ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރު ކުރެއްވި ގިނަ ސުވާލުތަކަށް ވަޒީރު ވަނީ ތަފްސީލީ ޖަވާބުތަކެއް ދެއްވައިފައެވެ.

އެގޮތުން ވަޒީރުގެ ވާހަކަފުޅުގައި ވަނީ އެކި މަޝްރޫޢުތަކުގެ ތަފްސީލް ދެއްވާފައެވެ. އަދި ބައެއް މަސައްކަތްތައް ނުނިމި ލަސްވާ ސަބަބުތަކާއި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ވެސް ވަޒީރު ވަނީ ޙިއްސާ ކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޤްފު ޢިމާރާތުން އަހަރަކު 10 މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ލިބޭނެ: ވަޒީރު ޝަހިމްޚަބަރު | ދުވަހެއް ކުރިންއިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދައްކާފައިވާނެ: ވަޒީރު ޝަހީމްޚަބަރު | 2 ދުވަސް ކުރިންހުރިހާ ރަށެއްގައި ކީރިތި ޤުރުއާން ހިލޭ ކިޔެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ އަމާޒެއް: ވަޒީރު ޚަބަރު | 12 ދުވަސް ކުރިންމާފަންނު ބޮޑުގެ ވަގުތީ މިސްކިތް މިމަހު 17ގައި ބަންދު ކުރަނީޚަބަރު | 14 ދުވަސް ކުރިން