logo
Bank of Maldives

Bank of Maldives

ޚަބަރު

ވަޤްފު ޢިމާރާތުން އަހަރަކު 10 މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ލިބޭނެ: ވަޒީރު ޝަހިމް

އައިޝަތު ނަޝާ
23 އޮކްޓޯބަރު 2025 - 06:43
 ވަޤްފު ޢިމާރާތުން އަހަރަކު 10 މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ލިބޭނެ: ވަޒީރު ޝަހިމް

މާލޭގައި އަލަށް ހަދާ ވަޤްފު ޢިމާރަތްކަމަށްވާ ދާރުލްއަރްޤަމުން އަހަރަކު 10 މިލިޔަން ރުފިޔާ އިސްލާމިކް ވަޤުފު ފަންޑަށް ލިބޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލި ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މީގެ އިތުރުން ވަޒީރުގެ ޕޯސްޓުގައި ވަނީ މާލޭގައި އަލަށް ހަދާ ވަޤްފު ޢިމާރަތްކަމަށްވާ ދާރުލްއަރްޤަމްގެ ޢަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ އާދިއްތަ ދުވަހު ބަޔަކާއެކު ސޮއިކުރެވޭނެކަމަށްށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ސަރުކާރުން ވަނީ ދާރުލްއަރްޤަމްގެ އިތުރުން ދާރުއްސަލާމްގެ ނަމުގައި ހުޅުމާލޭގައި ވަޤްފު ޢިމާރާތެއް އެޅުމަށް ނިންމާފައެވެ. ދާރުއްސަލާމް އިމާރާތުން އަހަރަކު 50 މިލިޔަން ރުފިޔާ ވަޤްފު ފަންޑަށް ލިބޭނެކަމަށް ސަރުކާރުން ލަފާޚުރެއެވެ.
ސަރުކާރުން ވަނީ ވަޤްފު އިމާރާތްތައް އެޅުމުގެ މަޝްރޫޢުތަކަށް ބީއެމްއެލް އިސްލާމިކްއިން 350 މިލިޔަން ރުފިޔާގެ އިސްލާމިކް ލޯން ދިނުމަށް ނިންމާފައިވާކަން މީގެ ކުރިން ހާމަކޮށްފައެެވެ.

މި މަޝްރޫޢުތަކަކީ މި ދައުރުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބިޔަ މަޝްރޫޢުތަކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަޤްފު ޢިމާރާތުން އަހަރަކު 10 މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ލިބޭނެ: ވަޒީރު ޝަހިމްޚަބަރު | ދުވަހެއް ކުރިންއިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން 170 މިލިއަނަށްވުރެ ގިނަ ރުފިޔާ ކުންފުނިތަކަށް ދައްކާފައިވާނެ: ވަޒީރު ޝަހީމްޚަބަރު | 2 ދުވަސް ކުރިންހުރިހާ ރަށެއްގައި ކީރިތި ޤުރުއާން ހިލޭ ކިޔެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ އަމާޒެއް: ވަޒީރު ޚަބަރު | 12 ދުވަސް ކުރިންމާފަންނު ބޮޑުގެ ވަގުތީ މިސްކިތް މިމަހު 17ގައި ބަންދު ކުރަނީޚަބަރު | 14 ދުވަސް ކުރިން