logo
Bank of Maldives

Bank of Maldives

ޚަބަރު

އެކްސްޕީރިއަންސް މޯލްޑިވްސް ޕްރޮގްރާމުން ފަތުރުވެރިކަން މަޑުޖެހޭ މޫސުމުގައި ޑިމާންޑް އިތުރުކޮށްދޭނެ: މާލީ ވަޒީރު

އައިޝަތު ނަޝާ
29 ސެޕްޓެމްބަރު 2025 - 04:23
އެކްސްޕީރިއަންސް މޯލްޑިވްސް ޕްރޮގްރާމުން ފަތުރުވެރިކަން މަޑުޖެހޭ މޫސުމުގައި ޑިމާންޑް އިތުރުކޮށްދޭނެ: މާލީ ވަޒީރު

އެކްސްޕީރިއަންސް މޯލްޑިވްސް ޕްރޮގްރާމުން ފަތުރުވެރިކަން މަޑުޖެހޭ މޫސުމުގައި ޑިމާންޑް އިތުރުކޮށްދޭނެކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ވަޒީރު އެހެން ވިދާޅުވީ، 27 ސެޕްޓެމްބަރު 2025 ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމެރިކަން އެކްސްޕްރެސްއާ ގުޅިގެން އަލުން ތަޢާރަފުކުރެވުނު "އެކްސްޕީރިއަންސް މޯލްޑިވްސް" ކެމްޕެއިން ހަފްލާގެ ޝަރަފްވެރި މެހެމާންގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ، ފަތުރުވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިޞާދުގައި މައި ދައުރު އަދާކުރަމުންދާ ދާއިރާކަމަށާއި، އެއީ ދިރިއުޅުން ބައްޓަންކުރުމާއި، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، އާންމު ޚިދުމަތްތައް ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ދާއިރާއެއް ކަމަށެވެ. އަދި ދިވެހިރާއްޖެއަކީ ގުދުރަތީ ރީތިކަމާއި މެހެމާންދާރީއަށް ދުނިޔޭގައި މަޝްހޫރު ގައުމެއްކަމުގައި ވީނަމަވެސް، މި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި ފެންވަރު ރަނގަޅު އަދި އެކަށީގެންވާ އެއްބާރުލުން ބޭނުންވާކަމަށް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އެކްސްޕީރިއަންސް މޯލްޑިވްސް އިން އަޅުގަނޑުމެންނަށް މިކަން ހާސިލުކުރެވެނީ މަތީ ފަންތީގެ ފަތުރުވެރިންނަށް ގަބޫލުކުރެވޭ އޮފަރތަކެއް ހުށަހަޅައި، އަދި ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީ އުޅަނދުތަކާއި، އަދި ރަށްރަށުގެ ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ ތެރެއިން،" ވަޒީރު

ވަޒީރު އިތުރަށް ވިދާޅުވެފައިވަނީ މި ތަޢާރަފުކުރެވުނު ދެ އަހަރުގެ ޕްރޮގްރާމުން ފަތުރުވެރިކަން މަޑުޖެހޭ މޫސުމުގައި ޑިމާންޑް އިތުރުކޮށް، ދިގު މުއްދަތަށް ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ހިތްވަރުދީ، އަދި ވެލްނެސް، ކެއުން-ބުއިން، އެކްސްކާޝަންތައް އަދި ޝޮޕިންގ ފަދަ އިތުރު ދާއިރާތަކުން ޚަރަދުކުރުން އިތުރުކުރުވާނެ ކަމަށެވެ.ބީއެމްއެލްއާއި އެމެރިކަން އެކްސްޕްރެސްއާ ދެމެދު އޮތް ދިގު މުއްދަތުގެ ޕާޓްނަރޝިޕް ފާހަގަކުރައްވަމުން، ވަޒީރު ވިދާޅުވެފައިވަނީ ވޭތުވެދިޔަ 20 އަހަރަށްވުރެ ގިނަ އަހަރު ވަންދެން ބީއެމްއެލްއަކީ ދިވެހިރާއްޖޭގައި އެމެރިކަން އެކްސްޕްރެސްގެ ހަމައެކަނި ކާޑު ދޫކުރާ އަދި ބަލައިގަންނަ ފަރާތްކަމަށެވެ. އަދި މިއީ ހަމައެކަނި ވިޔަފާރީގެ އެއްބަސްވުމެއް ނޫންކަމަށާއި، މިއީ ޤައުމުގެ މާލީ އިންފްރާސްޓްރަކްޗަރގެ ބައެއްކަމަށާއި، މެހެމާނުންނާއި، ވިޔަފާރިތަކާއި، އަދި މުޅި އިޤްތިޞާދަށް ފައިދާކުރާ ރައްކާތެރި އަދި އިތުބާރުހުރި މުޢާމަލާތްތައް ކަށަވަރުކޮށްދޭ ކަމެއްކަމަށް ވިދާޅުވިއެވެ.

އެކްސްޕީރިއަންސް މޯލްޑިވްސް ކެމްޕެއިނަކީ 2017 ގައި ފުރަތަމަ ފެށި ކެމްޕޭނެކެވެ. މިއީ މި ކެމްޕެއިން ހިންގާ ހަތަރުވަނަ ފަހަރެވެ. އައު ސިފައެއް ގެނެވިފައިވާ މި ޕްރޮގްރާމް ހިންގޭނީ ދެ އަހަރު ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމްގެ ދަށުން އެމެރިކަން އެކްސްޕްރެސް ކާޑު މެމްބަރުންނަށް ރާއްޖޭގެ ފަތުރުވެރިކަމާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުންހުރި ވިޔަފާރިތަކުގެ ތެރެއިން ފުޅާ ދާއިރާއެއްގައި ޚާއްޞަ އިނާޔަތްތަކެއް ލިބިދެވޭނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަވަސް އެޕުން ޓެކްސީއެއް ބުކްކޮށްގެން ބީއެމްއެލްގެ 250 ރުފިޔާގެ ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތުވިޔަފާރި | 2 ގަޑިއިރު ކުރިންސިލޯނާއެކު ދިވެހިން ޓެލެތޯން: ގައުމީ ބޭންކުން 25،000 ޑޮލަރުގެ އެހީއެއްޚަބަރު | 4 ދުވަސް ކުރިންދިވެހި ކުންފުނިތަކުން ޤަަވާއިދުން ސަރުކާރަށް ޓެކްސް ދައްކަމުންދޭ: މާލީ ވަޒީރު ޚަބަރު | 16 ދުވަސް ކުރިންމިއީ މަސައްކަތްތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެޅިގެންދާ ބިންގަލެއް : މާލީ ވަޒީރުޚަބަރު | މަހެއް ކުރިން