logo
MPL

MPL

ޚަބަރު

ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުން، ބައިވެރިވުން އޮތް ކަސްޓަމްސް އޮފިސަރަކަށް ހަރުކަށި ފިޔަވަޅު އަޅާނަން: ކަސްޓަމްސް

އައިޝަތު ނަޝާއައިޝަތު ނަޝާ
15 އޮކްޓޯބަރު 2025 - 04:45
ސިނގިރޭޓު ކޮންޓެއިނަރުތައް ގެއްލުން، ބައިވެރިވުން އޮތް ކަސްޓަމްސް އޮފިސަރަކަށް ހަރުކަށި ފިޔަވަޅު އަޅާނަން: ކަސްޓަމްސް

މޯލްޑިވްސް ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ކަސްޓަމްސް އޮފިސަރެއްގެ ބައިވެރިވުން އޮތްކަން ތަހުޤީޤަށް ހާމަވެއްޖެނަމަ ޤާނޫނާއި ޤަވާއިދުގެ ތެރެއިން އެޅެންހުރި އެންްމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނާ ސިނގިރޭޓް އެމްޕީއެލް ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލްގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގުމާއި ގުޅިގެން ފުލުހުން ވަނީ ބޮޑު ތަޙުޤީޤެއް ފަށާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ މިހާރު އެ މުއައްސަސާއިން ތަހުގީގުކުރަމުން އަންނައިރު، މިހާތަނަށް 12 މީހަކު ފުރުން މަނާކޮށްފައިވާނެ ކަމަށާއި، މި މައްސަލައިގައި ހަތަރު މީހަކު ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ކޮންޓެއިނަރުތަކުގައި ހުރި ސިނގިރޭޓަކީ ކަސްޓަމްސްއިން ހިފެހެއްޓުމަށް ފަހު ހުޅުމާލޭ ބަނދަރުގައި ބަހައްޓާފައި ހުރި ތަކެތި ކަމަށާއި،އެ އެއްޗެހި ހުރީ ޕޯޓްސް ކުންފުނި، އެމްޕީއެލްގެ ހަވާލުގެ ދަށުގައި ކަމަށް މައުލޫމާތު ލިބެއެވެ.

މި ފަހުން ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، އައްޑޫ ސިޓީ ވިޔަފާރި ބަނދަރުން ވަގަށް ނެރެން އުޅުނު 15 މިލިއަން ރުފިޔާގެ ސިނގިރޭޓު ވެސް މިދިޔަ މަހު އަތުލައިގެންފައިވެއެވެ.

ސިނގިރޭޓާ ދުރުކުރަން ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކޮށް، ސިނގިރޭޓު ފޮއްޓެއްގެ އަގު 240 ރުފިޔާއަށް ޖެހުނު ފަހުން ރާއްޖޭގެ ބާޒާރުގައި ގިނަ އަދަދެއްގެ ވަގު ސިނގިރޭޓު އަންނަނީ ދައުރުކުރަމުންނެވެ. އެ ފަދަ ޝިޕްމަންޓުތައް ދޭތެރެއަކުން އަތުލައިގަނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަޅު ބާޒާރުގައި ބޭރު ފައިސާ މާރުކުރި ބަންގްލަދޭޝްގެ 3 މީހަކު އަތުލައިގެންފިޚަބަރު | 3 ގަޑިއިރު ކުރިންމާލޭގެ އެޕާޓްމަންޓަކަށް ވަދެ ވަޅިން ބިރުދައްކައި ފައިސާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންމަގުމަތީގެ ބިރުވެރިކަން ނައްތާލަން ފުލުހުން ފެށި މަސައްކަތް: ނުރައްކާތެރިކޮށް ދުއްވި އިތުރު 4 މީހަކު ހާޒިރުކޮށްފިޚަބަރު | 19 ގަޑިއިރު ކުރިން826 ފުޅި ބަނގުރަލާއެކު ހައްޔަރުކުރި ތިން މީހުންގެ ބަންދަށް މުއްދަތު ޖަހައިފިޚަބަރު | ދުވަހެއް ކުރިން