ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައި ހުރި ސިނގިރޭޓް ސްޓިކްސްތަށް ނައްތާލައިފި
7 ޑިސެމްބަރު 2025 - 17:45

ގަވާއިދާ ޚިލާފަށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް އިން ނައްތާލާފިއެވެ.
މިއީ އައްޑޫ ސިޓީއަށް އެތެރެކުރަން އުޅެނިކޮށް ހިފަހައްޓާފައިވާ 1.8 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ސްޓިކްސްއެވެ.

Ad by Hajj Corporation
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި 1,830,000 (އެއް މިލިއަން އަށްލައްކަ ތިރީސްހާސް) ސިނގިރޭޓް ސްޓިކްސް ނައްތާލައިފައިވާ ކަމަށާއި މިތަކެއްޗަކީ ޤާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސްގެ ބަލައިފާސްކުރުމުގެ ތެރެއިން ހޯދިފައިވާ ތަކެތިކަމަށް އެ މުޢައްސަސާއިން ވަނީ ބުނެފައެވެ. އަދި މި ތަކެތި ނައްތަލާފައި ވަނީ އައްޑޫސިޓީ ހިތަދޫގައެވެ.
މިތަކެއްޗަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއް ސ. ހިތަދޫ ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ ޕޯޓުން އަތުލައިގަނެފައިވާ ސިނގިރޭޓް ޝިޕްމަންޓެއް ކަމަށެާއި،އަދި މި ސިނގިރޭޓްތައް ނައްތާލާފައިވަނީ އާދީއްތަ ދުވަހު އައްޑޫ ސިޓީ ހިތަދޫ ޕޯޓް ލިމިޓަޑް ސަރަޙައްދުގައި ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.
ސަރުކާރުން ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރުމާ ގުޅިގެން ވަގަށް ސިނގިރޭޓް ގެނައުމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މިއަހަރުގެ ތެރޭގައިވެސް ވަގަށް ސިނގިރޭޓް ގެނައުމާއި ރާއްޖޭގައި ސިނގިރޭޓް އުފެއްދުމާއި ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރިކުރަމުނގެ މައްސަލަަތައް ފެންމަތިވެފައިވެއެވެ.


