logo
ވަޒީރުންގެ މަޖިލީހަށް ގިނަ ބަދަލުތަކެއް؛ އައު ވުޒާރާތަކާއެކު ވަޒީރުން ހުވާކޮށްފިBank of Maldives

Bank of Maldives

ޚަބަރު

ރައީސްގެ ނިންމެވުމާއި އެއްގޮތަށް މުދަލާގުޅޭގޮތުން ކަސްޓަމުންދޭ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފި

އާމިނަތު ޝަފާ
24 ޑިސެމްބަރު 2025 - 16:38
ކަސްޓަމްސް ބިލްޑިންގް
ކަސްޓަމްސް ބިލްޑިންގް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާއި އެއްގޮތަށް މޯލްޑިވްސް ކަސްޓަމްސް އިން މުދަލާގުޅޭގޮތުން ދޭ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފިއެވެ.

ކަސްޓަމްސް އިން ބުނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ވައިގެމަގުން އަންނަ މުދަލާގުޅޭގޮތުން ކަސްޓަމްސްއިން ދޭންޖެހޭ ޚިދުމަތްތައް 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުދާ ކްލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށްދެއްވައި، ދިވެހި ކުމެވި ވިޔަފާރިވެރިންނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރެއްވީ ވިޔަފާރިންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.

ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަގުތުން ވަގުތަށް ހަމަޖައްސަވައިދެއްވެން ހުރި ބައެއް ކަންކަން ހާމަކުރައްވާފައެވެ. އެގޮތުން ވައިގެ މަގުން އަދި ކަނޑުމަގުން އެތެރެކުރާ މުދާ ކްލިއަރ ކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމުގެ ގޮތުން، މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއަރ ކުރުމަށް މިހާރު އޮންނަ ވަގުތު 18 ގަޑިއިރުން 24 ގަޑިއިރަށް ހަމަޖައްސަވައިދެއްވާނެކަންވެސް މިރޭ އިއުލާންކުރެއްވިއެވެ. އަދި މާލޭ ވިޔަފާރި ބަނދަރުން، އަމިއްލަ ފަރާތްތަކުގެ ވެހިކަލް ވައްދައިގެން މުދާ ކްލިއަރ ކުރެވޭނެ އިންތިޒާމް ހަމަޖެއްސައިދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި ހޭދަވާ ޑެމަރޭޖް ނާރާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލުކުރުމަށް ނިންމަވާފައިވާކަންވެސް އެ ޖަލްސާގައި އެމަނިކުފާނުވަނީ ހާމަކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުމަގުން އެތެރެކުރަން އުޅުނު 1940 ވޭޕް ކާޓްރިޖު އަތުލައިގަނެފިޚަބަރު | 8 ދުވަސް ކުރިން1.7 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފިޚަބަރު | 9 ދުވަސް ކުރިންއަމިއްލައަށް ގެންނަ މުދާ ކްލިއަރ ކުރާ ނިޒާމެއް ތައާރަފުކޮށްފިޚަބަރު | 3 މަސް ކުރިންއެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފިޚަބަރު | 3 މަސް ކުރިން