logo
Bank of Maldives

Bank of Maldives

ޚަބަރު

ކަނޑުމަގުން އެތެރެކުރަން އުޅުނު 1940 ވޭޕް ކާޓްރިޖު އަތުލައިގަނެފި

މަރިޔަމް މާޙީ
6 އޭޕްރީލު 2026 - 10:03
ފުލުހުންގެ ބެލުމުގެދަށަަށް ގެންގޮސްފައިވާ ވޭޕް ކާޓްރިޖްތަކެއް---
ފުލުހުންގެ ބެލުމުގެދަށަަށް ގެންގޮސްފައިވާ ވޭޕް ކާޓްރިޖްތަކެއް---

ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފި އެވެ.

ކަސްޓަމްސްއިން ހާމަކުރި ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ އޭޕްރީލް 2026 ގައެވެ. ރާއްޖެއަށް އެތެރެކުރި މުދާ ހިމެނޭ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ ޖުމްލަ 1،940 ވޭޕް ކާޓްރިޖެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި މި ޝިޕްމަންޓް ރާއްޖެއަށް ގެނައި ފަރާތާއި، މީގެ މަންޒިލާ ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މި މައްސަލަ ތަހުގީގު ކުރަމުންދާކަަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރުން ހުއްޓުވުމަށް ޓަކައި ކަސްޓަމްސްއިން ދަނީ ބަނދަރުތަކާއި އެއާޕޯޓްތަކުގައި ފާރަވެރިވެ، މުދާ ޗެކްކުރުމުގެ މަސައްކަތް ވަރުގަދަކުރަމުންނެވެ.

އެގޮތުން، މި މަހުގެ ތެރޭގައި 3 މިލިއަން ރުފިޔާ އާއި 1.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވެސް ކަސްޓަމްސް އިން ވަނީ އަތިލައިގަނެފަ އެވެ.

މި ތަކެތި އަތުލައިގަނެފައިވަނީ ވައިގެ މަގުން، ވެލާނާ އިންޓަނޭޝަނަލް މެދުވެރިކޮށް އެތެރެކުރުމަށް މަސައްކަތްކުރަމުން ދަނިކޮށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓު ސްޓިކްސް އަތުލައިގެންފިޚަބަރު | 13 ދުވަސް ކުރިން3 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | މަހެއް ކުރިންރާއްޖޭގެ އެކްސްޕޯޓަށް 20 އިންސައްތައިގެ ކުރިއެރުމެއްޚަބަރު | 2 މަސް ކުރިންކަނޑުމަގުން އެތެރެކުރަން އުޅުނު 1940 ވޭޕް ކާޓްރިޖު އަތުލައިގަނެފިޚަބަރު | 2 މަސް ކުރިން