logo
Bank of Maldives

Bank of Maldives

ޚަބަރު

އެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފަށައިފި

މުޙައްމަދު އަފްރާޙް
7 ޖެނުއަރީ 2026 - 07:51
އެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ ތަމްރީން ޕްރޮގްރާމުގެ ތެރެއިން
އެކުއަޓިކް ބަޔޯ ސެކިއުރިޓީ އާ ގުޅޭ ތަމްރީން ޕްރޮގްރާމުގެ ތެރެއިން

ޓްރެއިނިންގ އޮން ބަޔޯ ސެކިއުރިޓީ ފޮރ އިމްޕޯޓް އެންޑް އެކްސްޕޯޓް އޮފް ލިވިންގ މެރިން އޯގަނިޒަމްސް، މެރިން އެނިމަލްސް އެންޑް ދެއަރ ޕްރޮޑަކްޓްސް އިން ދަ މޯލްޑިވްސް ގެ ނަމުގައި ތަމްރީން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް – ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ދި ސައިތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަމްރީން ޕްރޮގްރަމް ކުރިއަށް ދާނީ މި މަހުގެ 7 އިން 8 އަށް މީރުމާގައެވެ.

މި ތަމްރީނުގައި ބޯޑަރު ކޮންޓްރޯލް ކުރުމާއި، ރެގިއުލޭޝަން، ސަރވައިލެންސް އަދި ތިމާވެށި ހިމާޔަތް ކުރުމުގައި އިސް ދައުރެއް އަދާކުރާ ފަރާތްތަކުގެ މެދުގައި ކަނޑާއި، އެއްގަމުގެ ދިރުންތަކާއި ގުޅުންހުރި ބާވަތްތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ދިމާވާ ބަޔޯ ސެކިއުރިޓީ ރިސްކުތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. އެގޮތުން މަހާއި ޖަނަވާރުންނަށް ޖެހޭ ބަލިތަކުގެ އިތުރުން އިންސާނުންގެ ސިއްޙަތަށް ނުރައްކާވާ ބަލިތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ. އަދި ބަލި ދެނެގަތުމާއި، ރިޕޯޓް ކުރުމާއި، ރެސްޕޮންސް މެކޭނިޒަމްތަކާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރުން ހިމެނެއެވެ.

މި ތަމްރީން ޕްރޮގްރާމުގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ، މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް، މޯލްޑިވްސް ކަސްޓަމްސް ސާވިސް، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގދ.ތިނަދޫ އިން ސަބްސިޑައިޒް އަގުގައި މިހާރު ތެޔޮ ލިބޭނެޚަބަރު | 3 ގަޑިއިރު ކުރިން 1.8 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 19 ގަޑިއިރު ކުރިންއިތުރު 2 މީހަކު ހިމަބިއްސަށް ޕޮޒްޓިވްވެ، ޖުމްލަ އަދަދު 11 އަށްޚަބަރު | ދުވަހެއް ކުރިންހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ހާއްސަ ކެމްޕޭނެއް ފަށަނީޚަބަރު | 4 ދުވަސް ކުރިން