ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 1.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
7 ޑިސެމްބަރު 2025 - 17:06
.webp&w=3840&q=75)
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލައިގެންފައިވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެިކަމަށެވެ. މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.2 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 936،000 ރުފިޔާއަށް އަރައެވެ.
މީގެ ތެރޭގައި ހިމެނެނީ 1،170 ގްރާމް ކެނަބިސް ފަތްކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
މި މައްސަލައާއި ގުލިގެން މީހަކު ހައްޔަރުކުރި ކަމެއް ކަސްޓަމްސްއިން އަދި މިހާތަނަށް ހާމައެއް ނުކުރެއެވެ.

Ad by Hajj Corporation
މަސްތުގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު މިހާރު ވަނީ އިސްލާހުކޮށްފައެވެ.


