ޕޭޕަލްގެ ޒަރީއާއިން ދިވެހި ޒުވާނުންނަށް އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެ: ރައީސް
15 އޮކްޓޯބަރު 2025 - 05:02
ޑިޖިޓަލް އަދި ކްރިއޭޓިވް އިކޮނޮމީގެ ދާއިރާއިން ދިވެހި އިގުތިސާދީ އުފެއްދުންތެރިކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމުގައި ޕޭޕަލް ފަދަ ކުރިއަރާފައިވާ ޕްލެޓްފޯމްތަކުގެ ޒަރީއާއިން ދިވެހި ޒުވާނުންނަށް އެތައް ފުރުސަތުތަކެއް ފަހިވެގެންދާނެކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ށ. އަތޮޅުގެ މީހުން އުޅޭ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރޭ ކޮމަންޑޫގައި ބޭއްވެވި ޖަލްސާގައެވެ. ރައީސް މުއިއްޒުމިފަދައިން ވިދާޅުވީ އުރީދޫ މޯލްޑިވްސް އާއި ޕޭޕަލް ގުޅިގެން ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަން ރޭ ނިންމުމާ ގުޅިގެންނެވެ.

Ad by Hajj Corporation
ޕޭޕަލް ފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވާ ރައީސް އިތުރަށް ވިދާޅުވި، މިކަންކަމުގެ ފައިދާ ދިވެހިންނަށް ކުރާނެ ކަމަށާއި، މި ސަރުކާރުން ބޭނުންވަނީ ރާއްޖޭގެ އިގްތިސާދު މިގޮތަށް ފުޅާ ކުރަން ކަމަށެވެ.
ޕޭޕަލް އަކީ އޮންލައިންކޮށް ވިޔަފާރި ކުރާއިރުގައި އެންމެ ފުޅާ ޕްލެޓްފޯމް.އެހެންވީމަ އެކަންވެސް މިހާރު މިދަނީ ގާތްގަނޑަކަށް ދިވެހިންގެ އަތްމައްޗަށް އެ ފުރުސަތު އަންނަމުން.އެހެންވީމަ މިފަދަ އެތައް ފުރުސަތު ތަކެއް މިދަނީ ހުޅުވާލަމުން. އެތައް ފުރުސަތުތަކެއް އެބަހުރި މިހާރު.އެހެންވީމަ މިކަހަލަ ކޮންމެ ދާއިރާ އަކުން އަޅުގަނޑުމެން މިދަނި މިކަންކަން ރައްޔިތުންނަށް ފަހިކޮށްދެމުން.އިރާދަކުރެއްވިއްޔާ މީގެ ފައިދާ ރައްޔިރުންނަށް ވަރަށް ބޮޑަށް ކުރަމުންދާނެ_ ރައީސުލްޖުމްހޫރިއްޔާ ޑޜ.މުހައްމަދު މުއިއްޒު
މީގެއިތުރުން ރައީސް ވަނީ،އަންނަ އަހަރު މުޅި އަހަރަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދުވަސް ކަމުގައި ކަނޑަަޅުއްވާނެ ކަަމަށާއި މި ސަރުކާރުން ބޭނުންވަނީ މުޅި ރާއްޖޭގައި އެކި ދާއިރާތަކުން އުފެއްދުންތެރިކަން ކުރިއަރައިގެންދާނެ ފުރުސަތު ދިނުން ކަމުގައި ވިދާޅުވެފައެވެ. އަދި ރައްރަށުގައި ފަށަމުންދާ އުމްރާނީ ތަރައްޤީގެ މަސައްކަތްކުގެ އިތުރުން އިޤްތިސާދު ފުޅާ ކުރުމައްޓަކާ ވެސް އެތަށް ކަމެއް ކުރަމުންދާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ޕޭޕަލް ރާއްޖެއަށް ތައާރަފުވުމުން، ރާއްޖޭގެ އޮންލައިން ވިޔަފާރިތަކަށާއި ފްރީލާންސް މަސައްކަތްތެރިންނަށް ބޮޑެތި ފުރުސަތުތަކެއް ހުހުޅުވިގެންދާނެއެވެ. މީގެ އިތުރުން، ފަތުރުވެރިންނަށް ރާއްޖޭގައި ފަސޭހައިން ހަރަދުކުރުމުގެ ފުރުސަތު ލިބި، ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް ފައިދާތަކެއްވެސް ކުރާނެއެވެ.
ޕޭޕަލް ހިމެނޭހެން ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭނެ ގޮތް ހެދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.