logo
Bank of Maldives

Bank of Maldives

ޚަބަރު

އާ މަޝްރޫއުތަށް ފަށަން އަންނަ އަހަރު ތިން ބިލިއަން ރުފިޔާ ކަނޑައަޅަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޮކްޓޯބަރު 2025 - 19:51
އާ މަޝްރޫއުތަށް ފަށަން އަންނަ އަހަރު ތިން ބިލިއަން ރުފިޔާ ކަނޑައަޅަނީ

އަންނަ އަހަރުގެ ބަޖެޓުގައި އާ މަޝްރޫއުތަކަށް 3 ބިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށާއި، މީގެ ތެރެއިން އެންމެ އިސްކަމެއް ދެއްވާނީ ތައުލީމީ އަދި ސިއްހީ ދާއިރާއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ، ފުނަދޫގައި ބުދަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި ދެ ދާއިރާއަށް މީގެ ކުރީގެ ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންނަ އަހަރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ދިނުމަށް ބޮޑު މަޝްރޫއެއް ފަށްޓަވާނެ ކަމަށާއި، މި މަޝްރޫއުގެ ދަށުން އެ ކުދިންނަށް ތައުލީމު ހާސިލުކުރެވޭނެ ގޮތްތަކާއި ހާއްސަ ކްލާސްރޫމްތައް ހެދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އިންކްލޫސިވް އެޑިއުކޭޝަނާއި މަތީ ސާނަވީ ތަޢުލީމު މުޅި ރާއްޖެއަށް ފުޅާކުރުމާއި،  ސްޕެޝަލް އެޑިއުކޭޝަން ދާއިރާއިން އިތުރު މުދައްރިސުން ތަމްރީނުކުރުމާއި، ދަރިވަރުން ބޭނުންވާ ދާއިރާއަކުން މަތީ ސާނަވީ ފެންވަރަށް ކިޔެވޭނޭ ފުރުޞަތު ފަހިކޮށްދެއްވައި، އަންނަ އަހަރު ވޮކޭޝަނަލް ހައި ސްކޫލެއްވެސް ޤާއިމުކުރައްވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިއްހީ ދާއިރާއަށް ގެންނަން ރާވާފައިވާ ބަދަލުތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުން ހަދަންޖެހޭ ޓެސްޓުތަކާއި އޮޕަރޭޝަންތައް ދިވެހިރާއްޖޭގައި ހެދޭނެ އިންތިޒާމު ހޮސްޕިޓަލްތަކުގައި ގާއިމްކުރުން ހިމެނެއެވެ. މިކަމުގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އާ މަޝްރޫއުތަކަށް ކަނޑައަޅާ 3 ބިލިއަން ރުފިޔާގެ ތެރެއިން މަދުވެގެން 500 މިލިއަން ރުފިޔާ ތައުލީމީ ދާއިރާއަށް އަދި މަދުވެގެން 500 މިލިއަން ރުފިޔާ ސިއްހީ ދާއިރާއަށް ހާއްސަ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ހާމަކުރެއްވިއެވެ.

އަންނަ އަހަރުގެ ބަޖެޓް ހާއްސަވެގެންދާނީ ބޯހިޔާވަހިކަމުގެ އާ މަޝްރޫއުތަކަށާއި، ތައުލީމާއި ސިއްހަތަށް ދުވަހަކު ވެސް ނުދޭހާ ބޮޑު އިސްކަމެއް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. މިހާ ކުރިއާލާ މި މައުލޫމާތު ހިއްސާކުރައްވަނީ ރައްޔިތުންނަށް ކަންކަން ސާފުކޮށްދެއްވުމުގެ ގޮތުން ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާ މަޝްރޫއުތަށް ފަށަން އަންނަ އަހަރު ތިން ބިލިއަން ރުފިޔާ ކަނޑައަޅަނީޚަބަރު | 4 ގަޑިއިރު ކުރިންފުނަދޫގައި ޤާއިމްކުރި މިފްކޯގެ އައިސްޕްލާންޓް ހުޅުވައިފިޚަބަރު | 4 ގަޑިއިރު ކުރިންމަރޮއްޓަށް އަޅާނުލާ އޮތް އޮތުން ނިމުމަކަށް: ޞިއްޙީ މަރުކަޒު 24 ގަޑިއިރު ހިދުމަތްދޭ ތަނަކަށް ބަދަލުކުރަނީ ޚަބަރު | 8 ގަޑިއިރު ކުރިންމިލަންދޫގައި އިމާރާތް ކުރާ އިސްލާމީ މަރުކަޒުގެ ބިންގާ އަޅައިފިޚަބަރު | 11 ގަޑިއިރު ކުރިން