logo
Bank of Maldives

Bank of Maldives

ޚަބަރު

އަޑިއަށްދިޔަ ބޯޓުން ބައެއް ތަކެތި އޮޔާދާތީ ދަތުރުކުރާއިރު ސަމާލުވުމަށް އެދިއްޖެ

އައިމިނަތު މޫސާ
16 އޮކްޓޯބަރު 2025 - 14:33
އަޑިއަށްދިޔަ ބޯޓުން ބައެއް ތަކެތި އޮޔާދާތީ ދަތުރުކުރާއިރު ސަމާލުވުމަށް އެދިއްޖެ

މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެގެން އަޑިއަށްދިޔަ "ނަސްރު" ބޯޓުން ބައެއް ތަކެތި އޮޔާދާތީ ސަމާލުވުމަށް އެދިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބޯޓު އަޑިއަށް ދިއުމާ ގުޅިގެން އުޅަނދުގެ ބައެއް ތަކެތި އޮޔާދާކަމަށް ވަނީ ފާހަގަކުރެވިފައިކަމަށެވެ. އަދި މި ތަކެތި އޮޔާދާނެ ކަމަށް ލަފާކުރެވެނީ އަލިގާގެ އިރުމައްޗަށް ވާގޮތަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، އެމްއެންޑީއެފުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

މި ބޯޓު އަޑިއަށް ގޮސްފައިވަނީ ޅ.އަލިގާގެ ދެކުނުން 3.3 ނޯޓިކަލް މޭލުން ބޯޓު ދިޔަވެގެންނެވެ.

ބޯޓު ދިޔަވަމުން ދިޔަ ވަގުތު، އެ ބޯޓުގައި ތިބި ފަސް ފަޅުވެރިން ވަނީ ކޯސްޓްގާޑް ހާބަރ ކްރާފްޓަށް ރައްކާތެރިކަމާއެކު ނަގާފައެވެ. އަދި އެ ފަޅުވެރިން ވަނީ ޅ. ނައިފަރަށް ރައްކާތެރިކަމާއެކު ގެންގޮސްފައެވެ.

މިދުވަސްވަރު ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭފަރާތްތަކުން އިލްތިމާސް ކޮށްފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑައިވިންގ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ހަރަކާތްތެރިވަނީޚަބަރު | 6 ދުވަސް ކުރިން25 ވަނަ ޤައުމީ ކެޑޭޓް ކޭމްޕުގެ ޕާސިންގ އައުޓް ބާއްވައިފިޚަބަރު | 2 މަސް ކުރިންކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާއަށް، އެހީތެރިކަން ފޯރުކޮށްދޭން އޮތީ ތައްޔާރަށްޚަބަރު | 3 މަސް ކުރިންކާށިދޫ ފަރަށް މުދާ އުފުލާ ބޯޓެއް އަރައި، އެއިން ދަތުރުކުރި މީހަކު ގެއްލިއްޖެޚަބަރު | 4 މަސް ކުރިން