logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ރައްޔިތުންގެ ހިޔާލުހޯދުމަށް ނަގާ އާންމު ވޯޓުގެ މޮނިޓަރަކަށްވުމުގެ ފުރުސަތު އިތުރުކޮށްފި

އައިމިނަތު މޫސާ
17 އޮކްޓޯބަރު 2025 - 05:13
އައްޑޫ ރައްޔިތުންގެ ހިޔާލުހޯދުމަށް ނަގާ އާންމު ވޯޓުގެ މޮނިޓަރަކަށްވުމުގެ ފުރުސަތު އިތުރުކޮށްފި

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑޫ، ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ މޮނިޓަރަކަށްވުމުގެ ފުރުސަތު އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުންމަށް ނިންމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. އެގޮތުން މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން ވަނީ ނިންމާފައެވެ.

އެގޮތުން ވަޒީރުންގެ މަޖިލީހުން ވަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އައްޑޫ ސިޓީގެ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމަވައި، އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް މި ވޯޓުގައި ހިމެނުއްވުމަށް ނިންމަވާފައެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެއްވެސް ކަމެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަންގަވަން ހުށަހަޅުއްވާނަމަ އެކަން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ޤަރާރަކުން ކަނޑައަޅަންވާނެއެވެ. އެއަށްފަހު އިންތިޚާބު ބޭއްވުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި ނިންމާފައިވަނީ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅައިފައިވާތީ، އެކަމުގައި އައްޑުއަތޮޅު ހުޅުދޫއާއި، މީދޫއާއި އަދި އެތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހުރި ގޮތެއް ހޯދުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރަށް ފެންނާތީއެވެ.

އެ ސިޓީގައި ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށްގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.

ކޮމިޝަނުން އިންތިޚާބު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00 އަށެވެ. ވޯޓުގެ ނަތީޖާ އިއުލާނުކުރާނީ 26ވަނަ ދުވަހުއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ ރައްޔިތުންގެ ހިޔާލުހޯދުމަށް ނަގާ އާންމު ވޯޓުގެ މޮނިޓަރަކަށްވުމުގެ ފުރުސަތު އިތުރުކޮށްފިޚަބަރު | 2 ދުވަސް ކުރިންކައުންސިލް އިންތިޚާބުކުރުމުގައި ބަލާނެ އާބާދީގެ އަދަދުތައް އާންމުކޮށްފިޚަބަރު | 2 ދުވަސް ކުރިންއައްޑޫ އާންމު ޚިޔާލު ހޯދުމުގެ ވޯޓަށް ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިންހުޅުދޫ، މީދޫ އަދި ފޭދުގެ ވޯޓާސް ލިސްޓް ނެރެ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 7 ދުވަސް ކުރިން