logo
Bank of Maldives

Bank of Maldives

ކުޅިވަރު

10 ރަށެއްގައި ކުޅިވަރުގެ 11 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށް

އާމިނަތު ޝަފާ
17 އޮކްޓޯބަރު 2025 - 12:23
10 ރަށެއްގައި ކުޅިވަރުގެ 11 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށް

ރާއްޖޭގެ 10 ރަށެއްގައި ކުޅިވަރުގެ 11 މަޝްރޫއެއް ހިންގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

ކުޅިވަރުގެ މަޝްރޫއުތައް ހިންގުމަށް ވެވުނު އެއްބަސްވުންތަކުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ފައްޔާޟްއާއި ޑެޕިއުޓީ މިނިސްޓަރު ޙުސައިން ނިހާދުގެ އިތުރުން ޑެޕިއުޓީ މިނިސްޓަރު އަސްލަމް ރަހާއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުޅިވަރުގެ ވުޒާރާ އާއި އެމްޓީސީސީއާއި ދެމެދު ވެވުނު މިއެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:

ލ.ފޮނަދޫގައި ފުޓްސަލް ދަނޑެއް ޤާއިމުކުރުން

ލ. ހިތަދޫގައި އައުޓްޑޯ ވޮލީ ކޯޓެއް ޤާއިމުކުރުން

ލ. މާވަށުގައި އައުޓްޑޯ ވޮލީ ކޯޓެއް ޤާއިމުކުރުން

ލ. މާވަށުގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުން

ހއ. ވަށަފަރުގައި އައުޓްޑޯ ވޮލީ ކޯޓެއް ޤާއިމުކުރުން

ކ. މާފުށީގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުން

ކ. ދިއްފުށީގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުން

ކ. ގުޅީގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުން

ކ. ތުލުސްދޫގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުން

ކ. ހިންމަފުށީގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުން

ކ. ހުރާގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރެއް ތަރައްޤީކުރުން

މި ރަސްމިއްޔާތުގައި ކ. ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނުމަގު މަޝްރޫއުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް މިހަފްތާގެ ނިޔަލަށް ނިމޭނެޚަބަރު | ގަޑިއިރެއް ކުރިން10 ރަށެއްގައި ކުޅިވަރުގެ 11 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށް ކުޅިވަރު | ދުވަހެއް ކުރިންށ.ގޮއިދޫގެ މަގުތައް ތަރައްޤީކުރުމަށް އާރުޑީސީއަށް، ބަނދަރު ތަރައްޤީކުރަން އެމްޓީސީސީ އަށްޚަބަރު | 5 ދުވަސް ކުރިންރަށްރަށުގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި ޚަބަރު | 7 ދުވަސް ކުރިން