logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުތަކުރުފާނުމަގު މަޝްރޫއުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް މި ހަފްތާގެ ނިޔަލަށް ނިމޭނެ

އައިމިނަތު މޫސާ
18 އޮކްޓޯބަރު 2025 - 12:18
ބޮޑުތަކުރުފާނުމަގު މަޝްރޫއުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް މިހަފްތާގެ ނިޔަލަށް ނިމޭނެ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ފެން ހިންދާ ނިޒާމުގެ މަސައްކަތް މި ހަފްތާގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްގެންދަނީ ފަސް ސެގްމަންޓަކަށް ބަހާލައިގެންނެވެ. އޭގެތެރެއިން ފުރަތަމަ ސެގްމަންޓްގައި ކުރިއަށްގެންދަނީ ލޯކަލް މާރުކޭޓުން ފެށިގެން، ރަސްމީ ފާލަމާ ހައަށް ހިމެނޭ ސަރަޙައްދު ތަރައްގީކުރުމުގެ މަސައްކަތެވެ.

އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ފެން ހިންދާ ނިޒާމުގެ މަސައްކަތްތަކާއި ހޮޅި އެޅުމުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާކަމަށެވެ. މީގެ އިތުރުން ކެރިޖްވޭގެ ސަބްގްރޭޑް މަސައްކަތްތަކާއި ސައިޑްވޯކްތައް ކޮމްޕެކްޓް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާއިރު، ކޭބަލް ޓްރެންޗް އިންސްޓޯލް ކުރުމުގެ 50 އިންސައްތަ ވެސް ނިންމާފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މި މަސައްކަތުގެ ދަށުން ބަނދަރުގެ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ ނިންމާލާފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މަސްމާރުކޭޓާ ހަމައަށް ޖުމްލަ 830 މީޓަރުގެ ސަރަޙައްދެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި 737 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ހާއްސަ ސަރަހައްދެއް ހިމެނޭގޮތަށެވެ. ފުރަތަމަ ސެގްމަންޓްގައި މަގު ފުޅާކުރުމަށް ބައެއް ވަނީ ހިއްކާފައެވެ.

މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި މި މަޝްރޫޢު ހިމެނެއެވެ.

މަސައްކަތް ކުރިއަށްދާ މުއްދަތުގައި، އެ ސަރަޙައްދަށް ކަނޑުދަތުރުފަތުރުކުރާ އުޅަނދު ވަދެ ނިކުމެހެދުމާއި، އެއްގަމު ތޮށި ބޭނުންކުރުން މަނާކޮށްފައިވާނެއެވެ.

އެގޮތަށް ހަމަޖައްސާފައިވަނީ، މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައްކާތެރިކަމާއެކު، ހަލުވިކަމާއެކު ކުރިއަށްގެންދިޔުމަށާއި، މަސައްކަތް ހިނގާ ސަރަޙައްދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައެވެ. ސަރުކާރުން އުންމީދުކުރަނީ މި މަޝްރޫޢު ނިމުމުން، މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނުމަގު މަޝްރޫއުގެ ފެން ހިންދާ ނިޒާމުގެ މަސައްކަތް މިހަފްތާގެ ނިޔަލަށް ނިމޭނެޚަބަރު | 9 ގަޑިއިރު ކުރިން10 ރަށެއްގައި ކުޅިވަރުގެ 11 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއަށް ކުޅިވަރު | ދުވަހެއް ކުރިންށ.ގޮއިދޫގެ މަގުތައް ތަރައްޤީކުރުމަށް އާރުޑީސީއަށް، ބަނދަރު ތަރައްޤީކުރަން އެމްޓީސީސީ އަށްޚަބަރު | 5 ދުވަސް ކުރިންރަށްރަށުގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކު ޝިޕްމަންޓް ރާއްޖެ ގެނެސްފި ޚަބަރު | 7 ދުވަސް ކުރިން