logo
Bank of Maldives

Bank of Maldives

ޚަބަރު

ޒަކާތާ ގުޅޭ ފޮތް ހަދިޔާކުރަން ހުޅުވާލައިފި

ޢައްފާން މުޙައްމަދު
19 އޮކްޓޯބަރު 2025 - 07:04
ޒަކާތާ ގުޅޭ ފޮތް ހަދިޔާކުރަން ހުޅުވާލައިފި

ޒަކާތާ ގުޅޭގޮތުން ލިޔެފައިވާ ފޮތްތައް، ކިންގް ސަލްމާން މިސްކިތުގައި ޤާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށާއި ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީއަށް، ހަދިޔާކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނީ، މިއީ އިސްލާމިކް ލައިބްރަރީ އާއި ޒަކާތު ހައުސްގެ ޑިޖިޓަލް ލައިބްރަރީ މުއްސަނދިކޮށް، އިސްލާމީ ތަޢުލީމީ ވަސީލަތްތައް އިތުރުކޮށް، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީޢާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. ހާއްސަ ގޮތެއްގައި، އެކަމުގެ ސަބަބުން އިސްލާމީ ތައުލީމީ ވަސީލަތްތައް އިތުރުވެ، ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ޒަރީއާއިން ޒަކާތާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ބޮޑެތި އެހީތަކެއް ވެގެންދާނެކަމާއި މީގެ ސަބަބުން ޒަކާތާބެހޭ އެންމެ ފަހުގެ މަޢުލޫމާތާއި ދިރާސާތައް ޢާންމުންނަށާއި ދަރިވަރުންނަށް ލިބި، އިސްލާމީ މާލީ ނިޒާމުގެ އަސާސްތައް ދަސްކުރުމަށް ފަސޭހަވެގެންދާނެ ކަމަށްވެސް ޒަކާތް ހައުސްއިން ބުނެއެވެ.

ފޮތްތައް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން ފޮތްތަކާ ގުޅޭ މަޢުލޫމާތު، [email protected] އަށް އީ-މެއިލްކުރެއްވުމުން، ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ޒަކާތު ހައުސްއިން ހަމަޖައްސައިދޭނެކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

ޒަކާތުގެ އިލްމު ފެތުރުމަށް ގަސްދުކުރާ އެންމެހައި ފަރާތްތަކަށް މި ފުރުސަތުގެ ބޭނުން ހިފުމަށް ޒަކާތު ހައުސްއިން ވަނީ ގޮވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އެހީތެރިކަމަށް އެދި، ޒަކާތު ހައުސްގެ ހޮޓްލައިން ނަންބަރު 3021414 އަށް ގުޅުއްވުން ނުވަތަ 7328990 ނަންބަރަށް ވަޓްސްއެޕުން މެސެޖުކުރެއްވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އޮންލައިން ލައިބްރަރީގައި މަޝްހޫރު ދީނީ ފޮތްތައްކަމަށްވާ ރިޔާޟުއްޞާލިޙީން އަދި ފިޤުހުއްސުންނާ ފަދަ ފޮތްތަކުގެ ދިވެހި ތަރުޖަމާ ހިމެނެއެވެ. މީގެ އިތުރުން އިސްލާމީ ޢަޤީދާއާއި، ފިޤުހާއި، ކީރިތި ރަސޫލާގެ ސުންނަތާއި، ހިދާޔަތުގެ އަލި މަޖައްލާ ފަދަ ފޮތްތަކާއި މަޖައްލާތައް މި ލައިބްރަރީގައި އޮންލައިންކޮށް ކިޔެން ހުރެއެވެ.

މީގެ އިތުރުން ސަޢުދީ އަރަބިއްޔާގެ އަލް އިމާމު މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް މި އަހަރުގެ ސެޕްޓެމްބަރ މަހު ވަނީ ހަދިޔާކޮށްފައިވެއެވެ. މި ފޮތްތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ލައިބްރަރީތައް ޤާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. އަދި މިއާއެކު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ރިޔާސީ ވަޢުދު ތަންފީޒު ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަކާތާ ގުޅޭ ފޮތް ހަދިޔާކުރަން ހުޅުވާލައިފިޚަބަރު | 4 ގަޑިއިރު ކުރިންބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ މާދަމާ ބާއްވަނީޚަބަރު | 2 މަސް ކުރިންމުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފިޚަބަރު | 2 މަސް ކުރިންދިގު އިންތިޒާރަށް ނިމުން: ޒަކާތު ސްކޮލަރޝިޕަށް ހޮނިހިރު ދުވަހު ހުޅުވާލަނީ ޚަބަރު | 2 މަސް ކުރިން