logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން އަހަރުގެ ތެރޭ ކައްދޫ އެއާޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޮކްޓޯބަރު 2025 - 02:59
ތިން އަހަރުގެ ތެރޭ ކައްދޫ އެއާޕޯޓް ބައިނަލްއަގްވާމީ ފެންވަރަށް ތަރައްގީކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފި

ލ. ކައްދޫ އެއާޕޯޓް، ބައިނަލްއަޤްވާމީ އެއާޕޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް ގިނަވެގެން ތިން އަހަރުގެ ތެރޭގައި ނިންމަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

މި ޔަޤީންކަން ރައީސް ދެއްވާފައިވަނީ ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ފޮނަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 2800 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރުމަށް 114 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ރަށަށް ބޭނުންވާ 30 ހެކްޓަރުގެ ބިމާއެކު ޖުމުލަ 144 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމައި، އެއާޕޯޓްގެ މަސައްކަތް 36 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކުރާ ކައްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މިހާރު ކައްދޫގައި ހުރި އެމް.އެން.ޑީ.އެފްގެ މަރުކަޒު ބަދަލުކުރަން ނުޖެހޭ ގޮތަށެވެ.

ކައްދޫ އެއާޕޯޓަކީ އެ ސަރަހައްދުގެ ތަރައްޤީއަށް ވަރަށް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެއްވި ރައީސް، ޚާއްޞަކޮށް ފަތުރުވެރިކަމާއި، ތަޢުލީމީ ދާއިރާއަށް އަދި މުޅި ސަރަހައްދުގެ ތަރައްޤީއަށް މި އެއާޕޯޓުން ލިބިގެންދާނެ ކުރިއެރުން ފާހަގަކުރެއްވިއެވެ. އަދި ފޮނަދޫގައި ކުރިއަށް ގެންދަވާ އެހެނިހެން މަޝްރޫޢުތަކާއެކު، މި މަޝްރޫޢަކީ އެ ސަރަހައްދުގެ އިޤްތިޞާދީ ކުރިއެރުމަށް މަގުފަހިކޮށްދޭނެ މުހިންމު މަޝްރޫޢެއްކަންވެސް ފާހަގަކުރެއްވިއެވެ.

ކައްދޫ ޑޮމެސްޓިކް އެއާޕޯޓްގެ އެއާޕޯޓްގެ އޮޕަރޭޝަން ފަށާފައިވަނީ 1986 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުންޑޫ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ ޚަބަރު | 2 ގަޑިއިރު ކުރިންޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ ޚަބަރު | 4 ގަޑިއިރު ކުރިންހޮޓެލް ސްކޫލް ތަރައްގީ ކުރުމަކީ މުޅި ރާއްޖޭގެ ފަތުވެރިކަމަށް ފައިދާ ކުރާނެ މަޝްރޫއެއް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންކައްދޫ އެއާޕޯޓު އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 5 ގަޑިއިރު ކުރިން