ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
21 އޮކްޓޯބަރު 2025 - 06:24

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަމަށް އިންތިޚާބުވެފައިވާ ސަނޭ ޓަކައީޗީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ސަނޭ ޓަކައީޗީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވަމުން، އެކަމަނާއަކީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެކަމަނާގެ ޒަޢާމަތުގައި ޖަޕާނަށް އިތުރު ތަރައްޤީއާއި ކުރިއެރުމާއި އުފާވެރިކަން ފެނިގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.އަދި ރާއްޖެއާއި ޖަޕާނާ ދެމެދުގައި އޮތް ދެމެހެއްޓެނިވި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަނޭ ޓަކައީޗީގެ ސަރުކާރާއެކު މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ވަނީ ފާޅުކުރައްވާފައެވެ.

Ad by Hajj Corporation
އުމުރުން 64 އަހަރުގެ ޓަކައީޗީ އަކީ ޖަޕާނުގެ ފަސް ވަނަ ބޮޑުވަޒީރެވެ.


