logo
Bank of Maldives

Bank of Maldives

ޚަބަރު

ހޮޓެލް ސްކޫލް ތަރައްގީ ކުރުމަކީ މުޅި ރާއްޖޭގެ ފަތުވެރިކަމަށް ފައިދާ ކުރާނެ މަޝްރޫއެއް: ރައީސް

އައިމިނަތު މޫސާ
21 އޮކްޓޯބަރު 2025 - 06:01
ހޮޓެލް ސްކޫލް ތަރައްގީ ކުރުމަކީ މުޅި ރާއްޖޭގެ ފަތުވެރިކަމަށް ފައިދާ ކުރާނެ މަޝްރޫއެއް: ރައީސް

ހުޅަމެދޫންގައި ތަރައްގީކުރާ ހޮޓެލް ސްކޫލަކީ، މުޅި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި އެޅިގެންދާ މުހިއްމު މަޝްރޫއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މާމެންދޫއަށް ވަޑައިގެން ހުޅަމެންދޫގައި ހޮޓެލް ސްކޫލެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. ހޮޓެލް ސްކޫލެއް ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށްޓަކާ ތަރައްގީކުުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވައުދުފުޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ މާމެންދޫގެ ތަރައްގީއަށް އެމަނިކުފާނުގެ ރިޔާސީ އިންތިހާބުގައި ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާދެއްވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. އެގޮތުން ހުޅަމެންދޫގައި ފައިވްސްޓާރ ފެންވަރުގެ ރިސޯޓެއް ތަރައްގީ ކުރާއިރު ހޮޓެލް ސްކޫލެއް ތަރައްގީކުރުމުގެ މަޝްރޫއަކީ ފަތުރުވެރިކަމުގެ ސިނާޔަތްތާއި މުޅި ރާއްޖެއަށް މުހިންމު ކުރިއެރުންތަކެއް ގެނެސްދޭނެފަދަ މަޝްރޫއެއްކަމަށް ރައީސް ވިދާޅުވިއެވެ.

ހޮޓެލް ސްކޫލަކީ، ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާ ކުރުމަށް، ތައުލީމާއި ތަމްރީން ދީނުމުގެ އެންމެ މަތީ ފެންވަރުގެ ތަމްރީން ލިބިފައިވާ ދިވެހިން އުފެއްދުމަށް މުހިއްމު ސްކޫލެއް، ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު

ރައީސް ވިދާޅުވީ ހުޅަމެދޫން ރިސޯޓު ތަރައްގީ ކުރެވިގެން ދިއުމުން ފަތުރުވެރިކަން ކުރިއެރުމަށްޓަކައި އެޅިގެންދާނެ މުހިންމު ފިޔަވަޅަކަށެވެ. އަދި ހާއްސަ ކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާ ކުރުމަށް ކުރެވޭ ވަރަށް މުހިންމު މަޝްރޫއުއަކަށް ވާނެ ކަމަށެވެ.

މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމަޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއެވެ.

ރައީސް ވިދާޅުވީ މާމެންދޫގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން 21 ހެކްޓަރުގެ ބިން ހިއްކިގެންދާނެކަމަށެވެ. އެއާއެކު އިތުރު މަޝްރޫއުތައް މިރަށުގައި ފެށިގެންދާނެކަމަށް ވިދާޅުވިއެވެ، މީގެއިތުރުން މިރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެނަކަ މެދުވެރިކޮށް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށްވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން މާމެންދޫގައި ފެށި މަޝްރޫއުތައްވެސް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަގީންކަން ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހެޔޮ ވެރިއެއްގެ އޯގާތެރިކަން، އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރަނީޚަބަރު | 4 ގަޑިއިރު ކުރިންމުންޑޫ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ ޚަބަރު | 14 ގަޑިއިރު ކުރިންޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރަށް ރައީސް ތަހުނިޔާ ވިދާޅުވެއްޖެ ޚަބަރު | 16 ގަޑިއިރު ކުރިންހޮޓެލް ސްކޫލް ތަރައްގީ ކުރުމަކީ މުޅި ރާއްޖޭގެ ފަތުވެރިކަމަށް ފައިދާ ކުރާނެ މަޝްރޫއެއް: ރައީސްޚަބަރު | 16 ގަޑިއިރު ކުރިން