logo
Bank of Maldives

Bank of Maldives

ޚަބަރު

މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި

އާމިނަތު ޝަފާ
21 އޮކްޓޯބަރު 2025 - 11:28
މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފި

ލ. މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓާއިއައިސް ސްޓޯރޭޖް ފެސިލިޓީ ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންނާއި ގާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ލ އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ލ މާބައިދޫގައި ބޭއްވި ރަސްމިއްޔަތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއަކީ އިންޑިއަން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗް.އައި.ސީ.ޑީ.ޕީ) ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މިޝްރޫއުގައި މަބައިދޫގައި ގާއިމްކުރަނީ 25 ޓަނުގެ އައިސްޕްލާންޓާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ އެކެވެ.

އައިސް ޕްލާންޓުގެ މަސައްކަތް ނިމުމުން މި ސަރަހައްދުގެ މަސްވެރިންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. އަދި ވަކިން ހާއްސަކޮށް މި ސަރަހައްދުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށްވެސް މިކަމުގެ މަންފާކުރާނެއެވެ.

މީގެއިތުރުން ރައީސް ލ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މާބައިދޫގެ އިތުރުން ލ މާވަށާއި ލ ހިތަދޫގައިވެސް އައިސްޕްލާންޓު ގާއިމް ކުރުމުގެ މަސައްކަތްވަނީ ފަށާފައެވެ.

މިއިން ކޮންމެ މަސައްކަތަކީވެސް މަސްވެރިންނަށް އެތައްގޮތަކުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ މަޝްރޫއުތަކެކެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުވައްމުލައް މަސް ޕްރޮސެސިން ފެސިލިޓީގެ މަސައްކަތް ނިންމައި، ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެޚަބަރު | ދުވަހެއް ކުރިންކިއުގައި ނުޖެހި މަސްކިރުމަށް، ހާއްސަ އެޕްލިކޭޝަންއެއް ތައާރަފްކޮށްފިޚަބަރު | 2 ދުވަސް ކުރިންމެރިކަލްޗަރ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް މޫދުކޮށި ގަތުމަށް ފައިނޭންސް ފޯރުކޮށްދިނުމަށް ހުޅުވާލައިފިޚަބަރު | 5 ދުވަސް ކުރިން 48ގަޑިއިރުން ފައިސާ ދައްކަން ފެށިތާ އަހަރެއްވީިއިރު މަސްވެރިންނަށް ޖަމާކުރި ފައިސާގެ އަދަދު ބިލިއަނަކާ ގާތަށް ޚަބަރު | 5 ދުވަސް ކުރިން