logoEN
ޚަބަރު

އިންކަމް ޓެކްސް ބަޔާން ހުށަނާޅާ ބޮޑެތި ވިޔަފާރިތަކުގެ ނަންތައް އާންމުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ

01 އޮކްޓޯބަރު 2024 - 02:49

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅާފައިނުވާ ބޮޑެތި އަދަދުން ޓެކްސް ދައްކާ 43 ފަރާތެއްގެ ނަން އާންމުކޮށްފިއެވެ.

މީރާއިން ބުނީ މި ނަންތައް ހާމަކޮށްފައިވަނީ "ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސާ އުސޫލު" ގެ ދަށުން ކަމަށެވެ.

މި އުސޫލުގެ ދަށުން، ބޮޑެތި އަދަދުން ޓެކްސް ދައްކާ ފަރާތްތަކުގެ ގޮތުގައި މީރާއިން ގިންތިކޮށްފައިވަނީ އަހަރެއްގެ ތެރޭގައި އެ ފަރާތެއްގެ ޖުމްލަ އާމްދަނީ 200 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ފަރާތްތަކާއި އެ ފަރާތްތަކާއި ގުޅުންހުރި ފަރާތްތަކެވެ.

Non-filers of Income Tax for the Year 2023 - Key, Priority & Large Tax Payers (Published on 30 September 2024)

މީރާގެ ބަޔާނުގައި ވާގޮތުންން، މިދިޔަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މި އަހަރުގެ ޖޫން 30 ވަނަ ދުވަހެވެ.

މި ފިޔަވަޅަކީ ޓެކްސް ދެއްކުމުގެ ޒިންމާ އަދާކުރުމަށް ބާރުއެޅުމަށާއި، ޓެކްސް ދެއްކުމުގެ ނިޒާމުގެ ތެރެއިން ހަމަހަމަކަން ކަށަވަރުކުރުމަށް މީރާއިން އަޅާ ފިޔަވަޅެކެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder