logo
Bank of Maldives

Bank of Maldives

Business

މިދިޔަ މަހު މީރާއަށް ދެ ބިލިއަން ރުފިޔާ ބަލައިގެންފި

އަޙްމަދު ޒަލީފް
10 އޮކްޓޯބަރު 2024 - 12:19
މިދިޔަ މަހު މީރާއަށް ދެ ބިލިއަން ރުފިޔާ ބަލައިގެންފި

މިދިޔަ ސެޕްޓެމްބަރު މަހު ދައުލަތަށް ލިބުނު އާމްދަނީގެ ގޮތުގައި މީރާއަށް 2.30 ބިލިއަން ރުފިޔާ މީރާއަށް ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 93.1 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ސެޕްޓެމްބަރު މަހުގެ އާމްދަނީ އިތުރުވެފައި ވަނީ، ޖީޖީއެސްޓީ، ޓީޖީއެސްޓީ އަދި ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އިތުރުވެފައިވުމުގެ ސަބަބުން ކަމަށް މީރާ އިން ބުނެ އެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީއެސްޓީ އެވެ. އެއީ އެއީ 44.5 އިންސައްތަ ނުވަތަ 1.02 ބިލިއަން ރުފިޔާ ކަމަށެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 360.78 މިލިއަން ރުފިޔާ އެވެ. އަދި ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީ ގެ ގޮތުގައި 229.95 މިލިއަން ރުފިޔާ، އާމްދަނީ އިން ނަގާ ޓެކުހުގެ ގޮތުގައި 147.99 މިލިއަން ރުފިޔާ، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 101.78 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 409.95 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިދިޔަ މަހު މީރާ އަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 102.05 މިލިއަން ޑޮލަރު ހިމެނެ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓެކްސް ބަޔާން ހުށަނާޅާ، ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް މީރާ އިން ހާމަކޮށްފިޚަބަރު | މަހެއް ކުރިންމާރިޗު މަހު މުދަލާއި ޚިދުމަތުގެ ޓެކުހުން ދައުލަތަށް 2.4 ބިލިއަން ރުފިޔާ ވިޔަފާރި | 2 މަސް ކުރިންދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއްޚަބަރު | 2 މަސް ކުރިންޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން މީރާއިން ހާމަކޮށްފި ޚަބަރު | 4 މަސް ކުރިން