logo
MPL

MPL

ޚަބަރު

ދަތިވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް ބަހާލައިން ޓެކްސް ދެއްކޭ ނިޒާމު ވެސް އޮވޭ: މީރާ

އަޙުމަދު ރިޝާން
10 ޖުލައި 2026 - 03:46
 މީރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޓެކްސް ޕޭޔާ ސާވިސް އަހުމަދު ޒަކަރިއްޔާ މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ/މެންދުރު ޓީވީ
 މީރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޓެކްސް ޕޭޔާ ސާވިސް އަހުމަދު ޒަކަރިއްޔާ މެންދުރު ޓީވީގެ މައުލޫ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ/މެންދުރު ޓީވީ

 

ޓެކްސް ދެއްކުމުގައި ދަތިވާ ފަރާތްތަކަށް އިންސްޓޯލްމަންޓަށް ބަހާލައިގެން ޓެކްސް ދެއްކޭ ގޮތްތައް ވެސް ހަމަޖައްސައިދޭ ކަމަށް މީރާގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޓެކްސް ޕޭޔާ ސާވިސް އަހުމަދު ޒަކަރިއްޔާ ވިދާޅުވެއްޖެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންދުރު ޓީވީގެ "މައުލޫ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ ޓެކްސް ފައިސާ ހޯދުމަށް މީރާގެ މުވައްޒަފުންކުރާ މަސައްކަތުގެ އިތުރުން ޓެކްސް ދައްކާ ފަރާތްތައް އެދިގެން ވެސް އިންސްޓޯލްމަންޓަށް ފައިސާ ދެއްކޭނެ ގޮތް ހަދައިދީފައި ހުންނާނެ ކަމަށެވެ.

ޒަކަރިއްޔާ ވިދާޅުވީ ސުންގަޑިތަކަށް ބަޔާން ހުށަނޭޅުމަކީ ވެސް ޖޫރިމަނާ ވާނެ ކަންކަން ކަމަށެވެ. އަދި މީރާގެ މުވައްޒަފުން އީމެއިލްގެ ޒަރީޔާއިންނާއިން ފޯނުން ގުޅާ ސުންގަނޑިތައް ހަނދާންކޮށްދެމުންދާނެ ކަމަށް ވެސް ޒަކަރިއްޔާ ވިދާޅުވި އެވެ. މީރާ އިން ބުނީ ސުންގަނޑިއަށް ބަޔާންތައް ހުށަހެޅުމަކީ މުހިއްމު ކަމެއް ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބަޔާންތައްޔާރުކުރުމުގައި ދަތިވާނަމަ، މީރާގެ އެހީތެރިކަން ހޯދައިން ވެސް ބަޔާން ތައްޔާރު ކުރުމަށް ފުރުސަތު އޮންނާނެ ކަމަށެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުލިބި ހުރި ފައިސާގެ ތެރެއިން 623 މިލިއަން ރުފިޔާ ހޯދައިފިޚަބަރު | 6 ދުވަސް ކުރިންޑޮލަރު އާމްދަނީ 1.2 ބިލިއަނަށްވިޔަފާރި | 7 ދުވަސް ކުރިންމީރާއަށް މިދިޔަ މަހު 2.69 ބިލިއަން ރުފިޔާވިޔަފާރި | 8 ދުވަސް ކުރިންމީރާގެ ޑެޕިއުޓީ ކޮމިޝަނަރަކު އައްޔަން ކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިޚަބަރު | 15 ދުވަސް ކުރިން