logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނގިރޭޓު ވައްކަމާ ގުޅިގެން ހައްޔަރުކުރި ފަސްވަނަ މީހާގެ ވަނަވަރު އާންމުކޮށް، ޝަރީއަތް ނިމެންދެން ބަންދަށް

ޢައްފާން މުޙައްމަދު
22 އޮކްޓޯބަރު 2025 - 07:47
ސިނގިރޭޓު ވައްކަމާ ގުޅިގެން ހައްޔަރުކުރި ފަސްވަނަ މީހާގެ ވަނަވަރު އާންމުކޮށް، ޝަރީއަތް ނިމެންދެން ބަންދަށް

ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 13 މިލިއަން ސިނގިރޭޓު ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި ފަސްވަނަ މީހާގެ ވަނަވަރު އާންމުކޮށްފައިވާއިރު އެ މީހާގެ ބަންދު މުއްދަތު ޖަހައިފިއެވެ.

މިދިޔަ އޭޕްރިލް މަހުގެ 26ގައި ކަސްޓަމްސްއިން ހިފަހައްޓާފައި، ޕޯޓްސް ކުންފުނި އެމްޕީއެލްގެ ހަވާލުގައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓު ވަގަށް ނެގި މައްސަލަ ފުލުހަށް ރިޕޯޓުކުރީ މި މަހު ނުވައެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި މީގެކުރިން ހައްޔަރުކުރި ހަތަރު މީހުންނަކީ، ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)އާއި އެޕޯލޯ ހޯލްޑިންސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި)އާއި ކަސްޓަމްސްގައި ކުރިން މަސައްކަތްކުރި، މިހާރު މިފްކޯގެ މެނޭޖަރެއްގެ މަގާމުގައި ހުރި މުއާޒް އަލީގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ޒިވާރު އިސްމާއިލެެވެ.

އޭގެ ތެރެއިން އާއްޓޭއާއި ދިގަލިއަށް ވަނީ، ވައްކަމަށް ފަންޑުކުރުމުގެ ތުހުމަތުކޮށްފައެވެ. އަދި މުއާޒާއި ޒިވާރަށް ވަނީ، އަމަލީ ގޮތުން ރާވައި ހިންގިކަމަށް ތުހުމަތުކޮށްފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ފަސްވަނަ މީހާއަކީ، ކ.ތުލުސްދޫ، ލިންކް، އުމުރުން 52 އަހަރުގެ ޙަސަން ޢަބްދުއްރަޙްމާނެވެ.

ފުލުހުން ބުނީ، ހަސަން ޢަބްދުއްރަޙްމާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުނެރެދީފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ތިލަފުށީގައި ހިންގި އޮޕަރޭޝަނެއްގައި ގެއްލުނު ދެ ކޮންޓޭނަރުގެ ބައިތައް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ ތަޙްޤީޤުގެ ތެރެއިން 19 އޮކްޓޯބަރު 2025 ގައި ތިލަފުށީގައި ހިންގި ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގައި، ތިލަފުށީގެ ގިނަ ސައިޓްތަކެއް ބަލައި ފާސްކުރުމަށްފަހު ވަގަށް ނަގާފައިވާ ދެ ކޮންޓޭނަރުގެ ބައިތައް ވަނީ ފެނިފައެވެ.

މި މައްސަލަ މިހާތަނަށް 12 މީހަކު ފުރުން ވެސް އޮތީ މަނާކޮށްފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތު ތަޙްޤީޤު ކުރިއަށްދާ މިންވަރަކުން ހާމަކުރަމުން ގެންދާނެއެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓް ބޮޑު ވައްކަން: އިތުރު މީހަކު ހައްޔަރުކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންދައުވާ ނުކުރާ މައްސަލަތަކުގެ ލިޔުންތައް އަހަރު ދުވަސް ފަހުން ނައްތާލެވޭނެ ގޮތް ހަދައިފިޚަބަރު | 18 ގަޑިއިރު ކުރިންކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރު ކޮށްފިޚަބަރު | 2 ދުވަސް ކުރިންއައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެމަފިރިއަކު ނިޔާވެފައި ތިއްބާ ފެނިއްޖެޚަބަރު | 2 ދުވަސް ކުރިން