އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެމަފިރިއަކު ނިޔާވެފައި ތިއްބާ ފެނިއްޖެ
22 އޮކްޓޯބަރު 2025 - 12:23

އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެމަފިރިއަކު ނިޔާވެފައި ތިއްބާ ފެނިއްޖެއެވެ.
ފުލުހުން ބުނީ އައްޑޫ ހިތަދޫގައި އެއް ގެއެއްގައި ދެ މީހަކު ނިޔާވެފައި އޮތް މައްސަލައެއް ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހަރަކާތްތެރިވަމުން އަންނަކަމަށެވެ. ނިޔާވެފައިވަނީ އަންހެނަކާއި ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ނިޔާވެފައި އޮއްވާ ފެނުނު ދެމީހުންނަކީ ދެމަފިރިންކަމަށް މައުލޫމާތު ލިބެއެވެ. އަދި އެ ދެމީހުން ނިޔާވެފައި އޮއްވާ ފެނުނީ އެ ދެމަފިރިންގެ ގޭގެ ކޮޓަރި ތެރެއިންކަމަށްވެސް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation
ނިޔާވެފައިވަނީ ސ. ހިތަދޫ ކްރޭންގެ އުމުރުން 60 އަހަރުގެ އިބްރާހީމް އަބްދުﷲ އާއި ސ. މަރަދޫ ނާރެސް، އުމުރުން 52 އަހަރުގެ ފަރަޙްނާޒް ރަޝީދުކަން ފުލުހުންގެ ހިދުމަތުން ވަނީ ހާމަކޮށްފައެވެ. އަދި މިމައްސަލާގައި މިހާތަނަށް ބެލި ބެލުމުން ތުހުމަތުކުރެވޭ ކަމެއް ފާހަގަކުރެވިފައި ނުވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.


