logo
Bank of Maldives

Bank of Maldives

ރިޕޯޓް

ފުލުހުންގެ ޚިދުމަތް މުޅިރާއްޖެއަށް: އަމަންއަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ވެސް ނަމޫނާއެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 އޮކްޓޯބަރު 2025 - 05:07
ފުލުހުންގެ ޚިދުމަތް މުޅިރާއްޖެއަށް: ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ވެސް ނަމޫނާއެއް

ފުލުހުންގެ ޚިދުމަތަކީ، އަމަންއަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ކޮންމެ ރައްޔިތަކަށް ވެސް އަސާސީ ގޮތެއްގައި ބޭނުންވާ ޚިދުމަތެކެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މި ޚިދުމަތް ސިފަކުރަށްވާފައިވާ ގޮތެވެ. ރައްޔިތުންނަށް މި ޚިދުމަތުގެ މުހިންމު މިންވަރު އެނގިވަޑައިގެން މި ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެއްވި ރައީސަކީ ޑރ. މުޢިއްޒެވެ.

ރައްޔިތުންނަށް ރައްކާތެރި، އަމާންކަން ކަށަވަރުކޮށްދިނުމަށްޓަކައި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވެސް ފުލުހުންގެ ޚިދުމަތް ޤާއިމުވެފައި އޮންނަންޖެހޭކަމީ ސުވާލެއް އޮތްކަމެއްނޫނެވެ. ނަމަވެސް، 2023 ނޮވެންބަރު 17 ގައި ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރާ ހަވާލުވިއިރު، ރާއްޖޭގައި އެއްވެސްވަރަކަށް ފުލުހުންގެ ޚިދުމަތް ނެތް 66 ރަށް އޮތެވެ. މި ރަށްރަށުގެ ރައްޔިތުންނަށް، ކޮންމެފަދަ ކަމެއް ދިމާވިޔަސް، ބޭނުން ޖެހިއްޖެނަމަ ކައިރި އެހެން ރަށަކުން ޓީމު އަންނަންދެން އިންތިޒާރުކުރަން ޖެހި، އެކަމުގެ ސަބަބުން ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހެއެވެ. މި ސަބަބާހުރެ އެ ރަށްތަކުގެ ރައްޔިތުންނާއި މުދާ ހިމާޔަތްކޮށް، އިންސާފާއި ރައްކާތެރިކަން ލިބިދިނުމުގައި ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ފުލުހުންގެ އަމިއްލަ އިމާރާތް އެންމެ 17 ރަށުގައި

2023 ނޮވެންބަރު 17 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ޚިދުމަތްދޭ އޮތީ ރާއްޖޭގެ އެންމެ 17 ރަށުގައެވެ. ދެންހުރި ރަށްތަކުގައި ފުލުހުން ޚިދުމަތްދެމުން އައީ، ކައުންސިލް ނުވަތަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ނުވަތަ އެހެން ފަރާތަކުން ކުއްޔަށް ނަގާފައި ހުންނަ އިމާރާތްތަކުގައެވެ. މިގޮތަށް ޚިދުމަތްދިނުމުގެ ސަބަބުން ފުލުހުންނަށް ޚިދުމަތް ދިނުމުގައި އެތައް ދަތިތަކަކާ ކުރިމަތިލާން ޖެހި، ރައްޔިތުންނަށް ލިބެންޖެހޭ ސަޕޯޓާއި ފޯކަސް އެންމެ ފުރިހަމައަށް ނުލިބި، އެކަމުގެ ނިކަމެތިކަން ލިބެމުން ދިޔައެވެ.

undefined

ފުލުހުންގެ މަރުކަޒެއްގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް

 

ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ ތަސައްވުރާއެކު ވަރުގަދަ އަމާޒެއް

ފުލުހުންގެ ޚިދުމަތް ހަރުދަނާކޮށް، ފެންވަރު ރަނގަޅުކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ފުޅާ ދާއިރާއެއްގައި ފަށާފައެވެ. މިގޮތުން، މިހާރު 63 ރަށުގައި އަމިއްލަ އިމާރާތް އިމާރާތްކުރުމުގެ މަސައްކަތް ހިނގަމުންދާއިރު، އިތުރު 36 ރަށުގައި އަމިއްލަ އިމާރާތުގެ މަސައްކަތް ފެށުމަށް ސޮއިކުރެވިފައިވާ މަޝްރޫޢުތައް އެބަހުއްޓެވެ. މިއާއެކު ޖުމްލަ 99 ރަށުގައި މިހާރު ފުލުހުންގެ އަމިއްލަ އިމާރާތް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.

މީގެ އިތުރުން، މި މަހުގެ ތެރޭގައި އިތުރު 39 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރަން ހަމަޖެހިފައިވާއިރު، މި އަހަރު ނިމޭއިރު ޖުމްލަ 138 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް އެޅުމުގެ އާ މަޝްރޫޢުތައް ހިނގަމުންދާނެއެވެ.

މި ދައުރު ނިމޭއިރު، މި ސަރުކާރުގެ އަމާޒަކީ، ކުރިން އެންމެ 17 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް ހުރި ހުރުން ބަދަލުކޮށް، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތުގައި ޚިދުމަތްދެވޭނެ ހިސާބަށް ގެންދިޔުމެވެ. މިކަން ހާސިލުކުރެވިގެންދާނެ ކަމާމެދު ޝައްކެތް ނެތެވެ.

Screenshot 2025-10-24 102036.png

ފުލުހުންގެ މަރުކަޒެއްގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް

 

ފުލުހުންގެ ޚިދުމަތް މުޅި ރާއްޖޭގައި ޤާއިމުކޮށް ރައީސް މުޢިއްޒުގެ ވަޢުދުފުޅު ފުއްދެވުން

ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ ހަމަހަމަ ގޮތެއްގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމުވެ ތިބޭ ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިމިފައިވަނީ 21 އޮކްޓޯބަރު 2025 ގައެވެ. އެކަން ޢިއުލާން ކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލ.އަތޮޅު ގަމުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރަށްވައި ދެއްކެވި ވާހަކަފުޅުގައި 21 ވަނަ ދުވަހުގެ ރެއެވެ. ރައީސް ވިދާޅުވެފައިވާގޮތުގައި އެ ދުވަހުގެ ހަވީރު 5:15 ގައި ރ. އަތޮޅު ރަސްގެތީމުގައި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ޤާއިމުކުރުމާއެކު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތްވަނީ ފޯރުކޮށްދޭން ފެށިފައެވެ.

''ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ޤާއިމުވެ ތިބޭ ފުލުހުންގެ ޚިދުމަތްވަނީ މިއަދު ހަވީރު 5:15 އިން ފެށިގެން ޤާއިމުކޮށް ނިމިފައި. އާދެ، 5:15 ގައި ރ. އަތޮޅު ރަސްގެތީމުގައި، އަޅުގަނޑުމެން ފުލުހުންގެ ޚިދުމަތް ޤާއިމު މި ކުރީ. އާދެ، ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމު މި ކުރެވުނީ. '' ރައީސް ގަމުގައި ވިދާޅުވެފަވެއެވެ.

މި ކަމަކީ، މި އަހަރުގެ ފެބުރުވަރީ މަހު ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު އިޢުލާނުކުރެއްވި ކަމެކެވެ. އަހަރު ނިމުމުގެ ގާތްގަނޑަކަށް ދެ މަސް ކުރިން މި މަސައްކަތް ނިންމާލުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ޚިދުމަތްކުރުމަށް ދެމުންގެންދާ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެކެވެ.

މި ޚިދުމަތް މުޅި ރާއްޖޭގައި ފެށުން ވެގެން ދިޔައީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުތައް ފުއްދެވުމުގެ ސިލްސިލާއަށް އިތުރުވެެގެން ދިޔަ ބޮޅެއްގެ ގޮތުގައެވެ.

Screenshot 2025-10-24 102223.png

ފުލުހުންގެ މަރުކަޒެއްގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް

 

އަމަންއަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ވެސް ނަމޫނާއެއް

މި މަސައްކަތްތަކުގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ރައްޔިތުންނަށް އަމަންއަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ފުލުހުންގެ ޚިދުމަތް ފަސޭހައިން ލިބޭނެ ގޮތް ހެދުންކަން ކަށަވަރެވެ.

ރައީސް މުޢިއްޒު ފާހަގަކުރަށްވާފައިވާ ގޮތުގައި ފުލުހުންގެ ޚިދުމަތަކީ އަސާސީ ޚިދުމަތެކެވެ. އެއީ ކޮންމެ ރައްޔިތަކަށް ވެސް ތަކުލީފެއްނެތި ލިބެންޖެހޭ ޚިދުމަތެކެވެ.

ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، އެ ޚިދުމަތް ދިނުމަށް ބޭނުންވާ ވަޞީލަތްތައް ހަމަޖެއްސުމަކީ، ރައްޔިތުންނަށް އެންމެ ހެޔޮ ގޮތުގައި ޚިދުމަތްދިނުމަށް ސަރުކާރުން ދޭ ސަމާލުކަމުގެ ހެއްކެކެވެ. މި ސަރުކާރުން މިވަނީ އަމަންއަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ވެސް ނަމޫނާ ދައްކާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފީފާގެ ރައީސްއާއެކު ބޭއްވި ފޯރިގަދަ ފުޓްބޯޅަ ފެސްޓިވަލުގައި ރައީސް ބައިވެރިވެވަޑައިގެންފިޚަބަރު | 8 ގަޑިއިރު ކުރިންރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމާއި ގުޅޭގޮތުން ފީފާގެ ރައީސް އާއި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިކުޅިވަރު | 8 ގަޑިއިރު ކުރިންރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި ޚަބަރު | 12 ގަޑިއިރު ކުރިންފުލުހުންގެ ޚިދުމަތް މުޅިރާއްޖެއަށް: ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ވެސް ނަމޫނާއެއްރިޕޯޓް | 16 ގަޑިއިރު ކުރިން