logo
Bank of Maldives

Bank of Maldives

ޚަބަރު

އާ ޓާމިނަލުން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފަށައިފި

އާމިނަތު ޝަފާ
24 އޮކްޓޯބަރު 2025 - 06:12
އާ ޓާމިނަލުން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ޗައިނާގެ ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ އާ ޓާމިނަލުން ހިދުމަތް ދޭން ފެށި 12 ވަނަ އެއާލައިނެވެ.

މި ރަސްމިއްޔާތުގައި ޗޮންޗިން އެއާލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޗޮންޗިން އެއާލައިންގެ ފުރަތަމަ މަތިންދާބޯޓު، އޯކިއު2393 އިން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ޗޮންޗިން އެއާލައިނުން ވަނީ ރާއްޖެއަށް ހަފުތާއަކު ތިން ދަތުރު ކުރުމަށް ހަމަޖައްސާފައެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ 165 ސީޓުގެ އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓެކެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައު ޓާމިނަލުން ބްރިޓިޝް އެއާވޭސްއަށްވެސް ހިދުމަތްދޭން ފަށައިފި ޚަބަރު | ދުވަހެއް ކުރިންއާ ޓާމިނަލުން ޗޮންޗިން އެއާލައިނަށް ހިދުމަތް ދޭން ފަށައިފިޚަބަރު | 2 ދުވަސް ކުރިންހަނިމާދޫ އެއާޕޯޓުގެ އޮޕަރޭޝަންތައް އާ ޓާމިނަލަށް ބަދަލުކޮށްފި ޚަބަރު | 9 ދުވަސް ކުރިންއެއަރޕޯޓް ޑިޕާޗަރ ޓެކުހުގެ ގޮތުގައި ދައުލަތަށް 1.2 ބިލިޔަން ރުފިޔާގެ އާމަދަނީއެއްވިޔަފާރި | 10 ދުވަސް ކުރިން