ސަރަހައްދީ އެންމެ ޝަރަފްވެރި ސްކައުޓު އެވޯޑް ކުރީގެ ޗީފް ކޮމިޝަނަރ އަޙްމަދު އަލި މަނިކަށް
25 އޮކްޓޯބަރު 2025 - 12:29

ދިވެހިރާއްޖޭގެ ސްކައުޓު އެސޯސިއޭޝަންގެ ކުރީގެ ޗީފް ކޮމިޝަނަރ އަޙްމަދު އަލި މަނިކަށް "އޭޝިއާ ޕެސިފިކް ރީޖަން އެވޯޑް ފޯރ ޑިސްޓިންގްވިޝްޑް ސަރވިސް ޓު އިންޓަރނޭޝަނަލް ސްކައުޓިންގް" އެވޯޑު އަރުވައިފިއެވެ/
މި އެވޯޑަކީ ސްކައުޓު ހަރަކާތުގެ އޭޝިއާ ފެސިފިކް ރީޖަންއަށް ސަރަހައްދީގޮތުން އެކި ޙިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް ދޭ އެވޯޑުތަކުގެ ތެރެއިން އެންމެ މަތީ އެވޯޑެވެ. މި އެވޯޑު އަރުވާފައިވަނީ މި މަހުގެ 12 އިން 17 އަށް ޓައިވާނުގެ ކައުޝިންގްގައި ކުރިއަށްދިޔަ 28 ވަނަ އޭޝިއާ ޕެސިފިކް ސްކައުޓު ކޮންފަރެންސް ގެ ނިންމާލުމުގެ ރަސްމިއްޔާތުގައެވެ.

Ad by Hajj Corporation
ޢަހްމަދު އަލި މަނިކަކީ ދިވެހިރާއްޖޭގެ ސްކައުޓު ހަރަކާތަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވާ އެސޯސިއޭޝަންގެ މުހިންމު މަޤާމުތަކެއް ފުރުއްވާފައިވާ ފަރާތެކެވެ. އެގޮތުން، ދިވެހިރާއްޖޭގެ ސްކައުޓު އެސޯސިއޭޝަނުގެ ޤައުމީ ސްކައުޓު ކައުންސިލުގެ އެކި މަޤާމުތައް ފުރުއްވުމުގެ އިތުރުން އެސޯސިއޭޝަނުގެ ޗީފް ކޮމިޝަނަރގެ މަޤާމު، އަޙްމަދު އަލި މަނިކު ވަނީ ފުރުއްވާފައެވެ. އޭނާ ޗީފް ކޮމިޝަނަރ ކަމުގައި ދިވެހިރާއްޖޭގެ ސްކައުޓު ހަރަކާތައް ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި އެތައް ކާމިޔާބީއެއް ލިބި އައު ހަރުފަތްތަކަަަށް ވާސިލުވެފައެވެ.
އެގޮތުން، އޭނާގެ ޗީފް ކޮމިޝަނަރ ކަމުގައި ދިވެހިރާއްޖޭގެ ސްކައުޓު ޖަމްޢިއްޔާއަށް ވަނީ، ސްކައުޓުން ތިމާވެއްޓަށް ކޮށްދެމުންދާ ޙިދުމަތްތަކަށް، ފެހި ފަތް އެވޯޑު ލިބިފައެވެ. އަޙްމަދު އަލި މަނިކު ރާއްޖޭގައި ސްކައުޓު ހަރަކާތަށް ކޮށްދެއްވާފައިވާ އަގުހުރި ޙިދުމަތްތަކަަަށް ޢަހްމަދު އަލި މަނިކަށް ވަނީ ދިވެހިރާއްޖޭގައި ސްކައުޓު ހަރަކާތަށް އެކި ގޮތްގޮތުން ޙިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށް ދެވޭ އެވޯޑުތަކުގެ ތެރެއިން ދެވޭ އެންމެ މަތީ އެވޯޑު ކަމުގައިވާ ސިލްވަރ ޓޫނާ އެވޯޑު އަރުވާފައެވެ.
ދިވެހިރާއްޖޭގެ ސްކައުޓު ހަރަކާތުގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި ޢަހްމަދު އަލި މަނިކު ވަނީ ގިނަ ޙިދުމަތްތަކެއް ކޮށްދެއްވާފައެވެ. މިގޮތުނެ، އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމެޓީގެ މެންބަރުކަމުގެ އިތުރުނ،ް އޭޝިއާ ޕެސިފިކް ރީޖަނަލް މެނޭޖްމަންޓް ސަބ-ްކޮމެޓީގެ ވައިސް ޗެއަރ ޕަރސަންގެ މަޤާމާއި އޭޝިއާ ޕެސިފިކް ރީޖަންގެ އެވޯޑްސް ކޮމެޓީގެ މެންބަރުކަނ،ް އަލްފާޞިލް ޢަހްމަދު އަލި މަނިކު ވަނީ ފުރުއްވާފައެވެ.


