logo
Bank of Maldives

Bank of Maldives

ވިޔަފާރި

އެމް.ޕީއެލްގެ ފަޔާ އެކްސްޓިންގުޝާސް ރީފިލިން ސެންޓަރުގެ ޚިދުމަތް ފަށައިފި

އާމިނަތު ޝަފާ
26 އޮކްޓޯބަރު 2025 - 10:42
އެމް.ޕީއެލްގެ ފަޔާ އެކްސްޓިންގުޝާސް ރީފިލިން ސެންޓަރުގެ ޚިދުމަތް ފަށައިފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ "ފަޔަރ އެކްސްޓިންގުޝަރސް ރީފިލިންގ ސެންޓަރ"ގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފައެވެ.

އެމް.ޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމަންޓްގެ ބެލުމުގެ ދަށުން ހުޅުވި ސެންޓަރގެ ޚިދުމަތް ރަސްމީކޮށް ފެށުމަށްޓަކައި މިއަދު މެންދުރު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެމް.ޕީއެލްގެ ހެލްތު އެންޑް ސޭފްޓީ ބިލްޑިންގައި ބޭއްވި މި ރަސްމިއްޔާތުގައި އެމް.ޕީއެލްގެ ސީ.އީ.އޯ އަލްފާޟިލް މުޙައްމަދު ރިޝްވާން އަދި ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުން ބައިވެރިވަޑައިގަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޕީއެލްއިން ބުނީ މި ސެންޓަރުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި އެކި ބާވަތުގެ އަލިފާން ނިވާ ފުޅި ރީފިލްކުރުމާއި ފުޅިތަކުގެ ހައިޑްރޯސްޓެޓިކް ޕްރެޝަރ ޓެސްޓް ކުރުމާއި ލީކޭޖް އިންސްޕެކްޝަން ހެދުން ހިމެނޭކަމަށެވެ. މި ސެންޓަރުން ޑްރައި ކެމިކަލް ޕައުޑަރ، ކާބަންޑައިއޮކްސައިޑް (ސީ.އޯ.2)، ފޯމް އަދި ފެން ބޭނުންކޮށްގެން އަލިފާން ނިވާ ފުޅިތައް ރީފިލްކުރުމާއި ސަރވިސް ކުރުމުގެ ޚިދުމަތް ފޯރުކޮށްދޭނެއެވެ.

އަލިފާން ނިވާ ފުޅި ރީފިލް ކުރުމުގެ އިތުރުން، މި ސެންޓަރުން ސަރވިސް ކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެއެވެ. އެގޮތުން ފުޅިތަކަށް ކުލަ ޖެހުމާއި، ލޭބަލް ކުރުމާއި، ޓެގް ކުރުމާއި ސޭފްޓީ ޕިން ހަރުކުރުމާއި މުއްދަތު ހަމަވެފައިވާ ނުވަތަ ހަލާކުވެފައިވާ ފުޅިތައް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ނައްތާލުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދާނެއެވެ. އަދި މީގެ އިތުރުން، ސެލްފް ކޮންޓެއިންޑް ބްރީދިންގ އެޕަރޭޓަސް (އެސް.ސީ.ބީ.އޭ)ގައި ބޭނުންކުރާ އެއަރ ސިލިންޑަރތައް ރީފިލިންގ ކުރުމާއި ޕްރެޝަރ ޓެސްޓް ހެދުމުގެ މަސައްކަތްވެސް ކުރާނެކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

އެމް.ޕީ.އެލް އިން ބުނީ ސެންޓަރގެ މަސައްކަތް ކުރިއަށް ގެންދާނީ ބަނދަރުތަކުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށްކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމް.ޕީއެލްގެ ފަޔާ އެކްސްޓިންގުޝާސް ރީފިލިން ސެންޓަރުގެ ޚިދުމަތް ފަށައިފި ވިޔަފާރި | 3 ގަޑިއިރު ކުރިންދެކުނުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށް ބިޒްނަސް ފޯރަމްއެއް ބާއްވައިފި ވިޔަފާރި | 3 ދުވަސް ކުރިންސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ 241 ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފިޚަބަރު | 9 ދުވަސް ކުރިން ސިނގިރޭޓް ގެއްލުނު މައްސަލަ: އެމްޕީއެލްގެ 6 މުވައްޒަފަކު ސަސްޕެންޑުކޮށްފި ޚަބަރު | 11 ދުވަސް ކުރިން