logo
ވީއައިއޭ ޓާމިނަލް ވަންނަން ދިޔަ ބެންކް މުވައްޒަފުންގެ އަތުގައި އޮތް ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފިBank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭ ޓާމިނަލް ވަންނަން ދިޔަ ބެންކް މުވައްޒަފުންގެ އަތުގައި އޮތް ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޮކްޓޯބަރު 2025 - 03:30
ވީއައިއޭ ޓާމިނަލް ވަންނަން ދިޔަ ބެންކް މުވައްޒަފުންގެ އަތުގައި އޮތް ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބެންކެއްގެ ދެ މުވައްޒަފުންގެ އަތުގައި އޮތް ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ވަގުތު މޫނު ނިވާކޮށްގެން ތިބި ބަޔަކު ސޫޓްކޭސް ފޭރިގަނެގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، ބެންކެއްގެ ދެ މުވައްޒަފުން އެއާޕޯޓްގެ ޓާމިނަލް 1 އަށް ވަންނަން ދިޔަވަގުތު މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ އެ މުވައްޒަފުން އަތުގައި އޮތް ފައިސާ ހުރި ސޫޓްކޭސް ފޭރިގަނެގެން ފިލާފައެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 4:45 ގައެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޅުވެލިފުށްޓާއި ކުރެންދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފަށައިފިޚަބަރު | 41 މިނިޓު ކުރިންމިދިޔަ ހަފުތާގައި ސްކޭމްތަކުގައި ތިން ލައްކަ ރުފިޔާ ގެއްލުނުޚަބަރު | 4 ގަޑިއިރު ކުރިންވީއައިއޭ ޓާމިނަލް ވަންނަން ދިޔަ ބެންކް މުވައްޒަފުންގެ އަތުގައި އޮތް ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފިޚަބަރު | 4 ގަޑިއިރު ކުރިންޒަމާނީ އާލާތްތަކުން ފުލުހުންގެ ފޮރެންސިކް އަދި ތަހުގީގީ މަސައްކަތް ހަރުދަނާވެގެންދާނެ: ސީޕީޚަބަރު | 20 ގަޑިއިރު ކުރިން