logo
ވީއައިއޭ ޓާމިނަލް ވަންނަން ދިޔަ ބެންކް މުވައްޒަފުންގެ އަތުގައި އޮތް ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފިBank of Maldives

Bank of Maldives

ޚަބަރު

މިދިޔަ ހަފުތާގައި ސްކޭމްތަކުގައި ތިން ލައްކަ ރުފިޔާ ގެއްލުނު

އާމިނަތު ޝަފާ
27 އޮކްޓޯބަރު 2025 - 04:02
ފޮޓޯ: ސަން
ފޮޓޯ: ސަން

މިދިޔަ ހަފުތާގައި އެކި ބާވަތްތަކުގެ ސްކޭމްތަކުގައި ޖެހި، މީހުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު ތިން ލައްކަ ރުފިޔާއަށް އަރާ ކަމަށާއި ފުލުހުން ބުނެފިއެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާގައި ސްކޭމްގެ 35 މައްސަލަ ރިޕޯޓުކޮށްފައިވާއިރު ގެއްލުނު ފައިސާގެ އަދަދު 372،515.59އަށް އަރައެވެ. އޭގެ ތެރެއިން 148،781.94 ރުފިޔާ އަނބުރައި ވަނީ ހޯދައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނެފައިވާ ގޮތުގައި ރިޕޯޓުކުރި މައްސަލަތަކުގެ ތެރޭގައި، އޮންލައިން ވިޔަފާރީގައި އޮޅުވާލުމުގެ 13 މައްސަލައަކާއި ފައިސާ ބަދަލުކުރުމުގައި އޮޅުވާލުމުގެ 6 މައްސަލައަކާއި ޝަޚުސު އޮޅުވާލުމުގެ 9 މައްސަލައާއި ފިޝިންއާއި ވިޝިންއާއި ވަޒީފާ ދިނުމާ ގުޅޭ 6 މައްސަލައެއް ހިމެނެއެވެ.

މަކަރާއު ހީލަތުން ފައިސާ ހޯދުމަށް ސްކޭމަރުން ބޭނުންކުރާ ޕްލެޓްފޯމްތަކުގެ ތެރޭގައި ފޯންކޯލާއި އައިބޭއާއި އޮންލައިން މެސެޖިން އެޕްތަކާއި ފިޝިން ލިންކާއި ފޭސްބުކް މާކެޓްޕްލޭސް ހިމެނެއެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަން އެންޓި ސްކޭމް ސެންޓަރުން ފާހަގަކުރެއެވެ.

އަދި ފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ވެް އެ ސެންޓަރުން ވަނީ ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޅުވެލިފުށްޓާއި ކުރެންދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިންމިދިޔަ ހަފުތާގައި ސްކޭމްތަކުގައި ތިން ލައްކަ ރުފިޔާ ގެއްލުނުޚަބަރު | 7 ގަޑިއިރު ކުރިންވީއައިއޭ ޓާމިނަލް ވަންނަން ދިޔަ ބެންކް މުވައްޒަފުންގެ އަތުގައި އޮތް ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފިޚަބަރު | 7 ގަޑިއިރު ކުރިންޒަމާނީ އާލާތްތަކުން ފުލުހުންގެ ފޮރެންސިކް އަދި ތަހުގީގީ މަސައްކަތް ހަރުދަނާވެގެންދާނެ: ސީޕީޚަބަރު | ދުވަހެއް ކުރިން