logo
Bank of Maldives

Bank of Maldives

ޚަބަރު

ޒަމާނީ އާލާތްތަކުން ފުލުހުންގެ ފޮރެންސިކް އަދި ތަހުގީގީ މަސައްކަތް ހަރުދަނާވެގެންދާނެ: ސީޕީ

އާމިނަތު ޝަފާ
26 އޮކްޓޯބަރު 2025 - 11:24
ޒަމާނީ އާލާތްތަކުން ފުލުހުންގެ ފޮރެންސިކް އަދި ތަހުގީގީ މަސައްކަތް ހަރުދަނާވެގެންދާނެ: ސީޕީ

ޒަމާނީ އާލާތްތަކުން މުޅި ރާއްޖޭގައި ފުލުހުންގެ ފޮރެންސިކް އަދި ތަހުގީގީ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް އަދި ތަހުގީގީ ގާބިލުކަން އިތުރުކުރުމަށްޓަކައި ޒަމާނީ ފޮރެންސިކް އާލާތް ހަދިޔާކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ފުލުހުންގެ ޚިދުުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަމުން ސީޕީ ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށް ޔޫއެންއޯޑީސީން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޒަމާނީ އާލާތްތަކުން މުޅި ރާއްޖޭގައި ފުލުހުންގެ ފޮރެންސިކް އަދި ތަހުގީގީ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ޔޫއެންއޯޑީސީއިން ފަސް ފްރެޑް ސިސްޓަމާއި، ހަތަރު ރަމާން ސްޕެކްޓްރޮސްކޮޕިކް ޑިވައިސް ހަވާލުކޮށްފައިވެއެވެ. މި އެހީތެރިކަމަކީ، ދިވެހިރާއްޖޭގައި ކަނޑުމަތީގައި ހިންގާ ކުށްތައް ދެނެގަތުމަށްޓަކައި މާލީ އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ހިންގާ “ސްޓްރެންތެނިންގ ފައިނޭންޝިއަލް އިންވެސްޓިގޭޝަން ކެޕޭބިލިޓީސް އެންޑް ލޯ އެންފޯސްމަންޓް ކެޕޭސިޓީ އޮފް މޯލްޑިވްސް ޓު ކައުންޓަރ މެރިޓައިމް ކްރައިމް” މަޝްރޫއުގެ މުހިންމު ބައެކެވެ.

މި އާލާތްތަކުގެ ތެރޭގައި ހިމެނޭ ފްރެޑް ސިސްޓަމްތަކަކީ ޑިޖިޓަލް ހެކި ހޯދުމަށާއި ތަހުލީލުކުރުމަށް ބޭނުންކުރެވޭ އެންމެ ފުރިހަމަ އާލާތްތަކުގެ ތެރެއިން އާލާތްތަކެކެވެ. އަދި ރަމާން ސްޕެކްޓްރޮސްކޮޕިކް ޑިވައިސްތަކަކީ މަސްތުވާތަކެއްޗާއި އެހެނިހެން ނުރައްކާތެރި މާއްދާތައް އަވަހަށް ދެނެގަތުމަށް ބޭނުންކުރެވޭ އާލާތްތަކެކެވެ.

މި އެހީތެރިކަމަކީ ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު މަރުހަލާއެކެވެ. މި ހަދިޔާކުރެވުނު އާލާތްތަކާއެކު، ފުލުހުންނަށް ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުުރުމަށް އެހީއަކަށް ވާނެކަމަށް ފުލުހުން ބުނެއެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން ދިވެހި ފުލުހުންނަށް ކުށްތައް ހޯދައި ބަލައި ދިރާސާކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަމާނީ އާލާތްތަކުން ފުލުހުންގެ ފޮރެންސިކް އަދި ތަހުގީގީ މަސައްކަތް ހަރުދަނާވެގެންދާނެ: ސީޕީޚަބަރު | 3 ގަޑިއިރު ކުރިންބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި 20,000 ޑޮލަރު ވެރިފަރާތާ ހަވާލުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންގެއްލިގެން ހޯދަމުންދިޔަ ޕޫރްނީމާ ފެނިއްޖެ، އޭނާގެ ހާލު ރަނގަޅުޚަބަރު | 7 ގަޑިއިރު ކުރިން281 ފުޅި ބަނގުރާ އަތުލައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކި ބަޔަކު ހައްޔަރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިން