logo
Bank of Maldives

Bank of Maldives

ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ ޕޫރްނީމާ ފެނިއްޖެ، އޭނާގެ ހާލު ރަނގަޅު

ޢައްފާން މުޙައްމަދު
26 އޮކްޓޯބަރު 2025 - 07:23
ގެއްލިގެން ހޯދަމުންދިޔަ ޕޫރްނީމާ ފެނިއްޖެ، އޭނާގެ ހާލު ރަނގަޅު

މީގެ ފަސް ދުވަސް ކުރިން ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ބިދޭސީ އަންހެން މީހާ މިހާރު ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މި މަހުގެ 24 ވަނަ ދުވަހު ފުލުހުން ކުރި އިއުލާނެއްގައި ބުނީ، ނޭޕާލް ރައްޔިތެއްކަމަށްވާ ޕޫރްނީމާ ގަޖްމަރ ގެއްލިގެން ހޯދަމުންދަނީ، މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 2:00 ހާއިރުން ފެށިގެން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ދިޔަ ތަނެއް ނޭނގި ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މި މަހުގެ 23 ވަނަ ދުވަހު އިރު އޮއްސި 6:56 ހާއިރު ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިއަދު ބުނީ، ޕޫރްނީމާ ގަޖްމަރ މިއަދުގެ ގުތެއްގައި ފެނިފައިވާ ކަަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރުމަށް އައިސް އުޅޭ ބިދޭސީން ގެއްލުމުގެ މައްސަލަތައް މީގެކުރިން ވެސް އެތައް ފަހަރަކު ފެންމަތިވެފައިވާއިރު، މިފަދަ ބައެއް ހާލަތްތަކުގައި ހިތާމަވެރި ހާދިސާތައް ވެސް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ފަރާތުން، ޖިނާއީ ބޮޑެތި ކުށްތަކަށް އަރައިގަތުމުގެ މައްސަލަތައް ވެސް ފެންމަތިވާއިރު، ބިދޭސީންގެ މައްސަލައަށް ޖުމްލަ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުގެ ފަރާތުން އަންނަނީ ކާމިޔާބު މަސައްކަތްތަކެއް ކުރަމުންކަން ވެސް ފާޙަގަކޮށްލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓީޗަރުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރަނީޚަބަރު | 15 ގަޑިއިރު ކުރިންކަނޑުވި 68 އަހަރުގެ ދިވެއްސަކު ސަލާމަތްކޮށްފިޚަބަރު | 15 ގަޑިއިރު ކުރިންސިނގިރޭޓް ބޮޑުވައްކަމުގެ މައްސަލާގައި 10 މީހަކަށް ދައުވާކޮށްފިޚަބަރު | ދުވަހެއް ކުރިންފުލުހުންގެ އަސާސީ ތަމްރީނުން އެއްވަނަ ހޯދި ފުރަތަމަ އަންހެން ފުލުހަކަށް އިމްޝާ!ޚަބަރު | ދުވަހެއް ކުރިން