logo
Bank of Maldives

Bank of Maldives

ޚަބަރު

ޓީޗަރުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރަނީ

އިސްމާޢިލް ރާތިޢު
16 ޑިސެމްބަރު 2025 - 11:19
މާލޭގައި ހިންގާ މާރުކޭޓެއްގައި ބިދޭސީއަކު -- ފޮޓޯ: މިހާރު
މާލޭގައި ހިންގާ މާރުކޭޓެއްގައި ބިދޭސީއަކު -- ފޮޓޯ: މިހާރު

ޓީޗަރުންނާއި ނަރުހުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތް ހަދާ، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑު ބަދަލެއް ގެނެސްފި އެވެ.

ހޯމް މިނިސްޓްރީން ވަނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް އިސްލާހު ގެެނެސް ސަރުކާރުގެ ގެޒެޓުގައި މިދިޔަ އާދިއްތަ ދުވަހު އާންމުކޮށްފަ އެވެ. އެ ގަވާއިދަށް ގެނައި އިސްލާހުގައި، ބިދޭސީންނަށް ރާއްޖެއިން ވަޒީފާ ނުދެވޭނެ ދާއިރާތައް ކަމަށް ކެބިނެޓުން ކަނޑައަޅާފައިވާ ދާއިރާތައްް ބަޔާންކޮށް، އެ ދާއިރާތަކުން މިހާރު ދޫކޮށްފައިވާ ކޯޓާތައް ބާތިލުކުރަން ވަކި މުއްދަތެއް ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކޮށް އަދި އަލުން ކޯޓާ ނުދެވޭނެ ވަޒީފާތައްކަކީ:

• ހެއާ ޑްރެސަރުން

• ބިއުޓީޝަނުން

• ބޭބީ ސިޓާސް

• ޕާސަނަލް ޓްރެއިނާސް

• އިލެކްޓްރީޝަނުން

• ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)

• ޓުއާ ގައިޑުން

• އެކައުންޓެންޓުން

• އިމާމުން

ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރަންޖެހޭ ވަޒީފާތަކަކީ:

• ޑައިވަރުން

• ނަރުހުން

• ބިލްޑިން އިކްސްޕެކްޓަރުން

• ސާވޭޔަރުން

• ސައިޓް ސުޕަވައިޒަރުން

• ޕައިލެޓުން

ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، އެއަށް އަމަލުކުރަން ފަށާތާ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތަކަކީ:

• އިލެކްޓްރިކަލް އިންޖީނިއަރުން

• ޑައިވް އިންސްޓްރަކްޓަރުން

ގަވާއިދަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ފަހު ކޯޓާތައް ބާތިލްކުރާނެ ވަޒީފާތަކަކީ:

• ހައުސް ކީޕިން މެނޭޖަރުން

• ހިއުމަން ރިސޯސް މެނޭޖަރުން

• ޕްރަންޓް އޮފީސް މެނޭޖަރުން

• ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުން

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ޑީޕޯޓްކުރުމުގެ އިތުރުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާ، ރަޖިސްޓްރީކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ. މީގެ އިތުރުން ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން ވެސް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.

މި ސަރުކާރުން ފެށި އެ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 191،723 ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ވިދާޅުވެފައިވެ އެވެ. ބަޔޯމެޓްރިކްސް ނުދޭ ބިދޭސީއަކު މިހާރު ހުރި ނަމަ އެކަން އެނގޭ ހިސާބުން ޑީޕޯޓްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓީޗަރުން ހިމެނޭހެން އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރަނީޚަބަރު | 8 ގަޑިއިރު ކުރިންގެއްލިގެން ހޯދަމުންދިޔަ ޕޫރްނީމާ ފެނިއްޖެ، އޭނާގެ ހާލު ރަނގަޅުޚަބަރު | 2 މަސް ކުރިންދިވެހިންނަށް ފުރުސަތު އިތުރުވާނެހެން ބޭރުގެ ވިޔަފާރިތަކަށް ބައެއް ދާއިރާތައް މަނާކޮށްފިޚަބަރު | 2 މަސް ކުރިންއާދިއްތަ ދުވަހުގެރޭގެ މާރާމާރީއާ ގުޅިގެން ދެ ބިދޭސީއަކު ޑީޕޯޓުކުރަނީޚަބަރު | 2 މަސް ކުރިން