logo
Bank of Maldives

Bank of Maldives

ޚަބަރު

އާދިއްތަ ދުވަހުގެރޭގެ މާރާމާރީއާ ގުޅިގެން ދެ ބިދޭސީއަކު ޑީޕޯޓުކުރަނީ

ޢައްފާން މުޙައްމަދު
6 އޮކްޓޯބަރު 2025 - 15:51
އާދިއްތަ ދުވަހުގެރޭގެ މާރާމާރީއާ ގުޅިގެން ދެ ބިދޭސީއަކު ޑީޕޯޓުކުރަނީ

އާދިއްތަ ދުވަހުގެރޭ މާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ ބިދޭސީއަކު ޑީޕޯޓުކުރަން ނިންމައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭ، އަސުރުމާގޯޅީގައި ދެ ބިދޭސީއެއްގެ ދެމެދުގައި މާރާމާރީ ހިންގިކަމުގެ ރިޕޯޓު، އާދިއްތަ ދުވަހުގެރޭ 19:11 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މާރާމާރީގައި އެކެއްގެ ބޯ ފަޅާލާފައިވާއިރު، އޭނާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.

މި މައްސަލައާ ގުޅިގެން އެ ދެމީޙުން ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އަދި އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ ބިދޭސީން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށާއި މި މައސަލަ އިތުރަށް ތަހުގީގުކުރަމުްންދާކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މީސްމީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި މި ދެ މީހުންގެ ދެމެދުގައި މާރާމާރީ ހިންގިއިރު، އެކަން ހުއްޓުވަން ވެސް ބަޔަކު މަސައްކަތްކޮށްފައިވެއެވެ. އެހެންނަމަވެސް އެ ދެ މީހުން ވެސް އިރުތަކެއް ވަންދެން ހުއްޓުމެއް ނެތި އެކަކު އަނެކަކަށް ހަމަލާދެމުންދިޔައިރު، އެތަނުގައި ޕާކު ކޮށްފައިހުރި ސައިކަލެއް ވެސް އަރިއަޅާލާފައިވެއެވެ.

އަދި ހަމަލާދިނުމުގެ ސަބަބުން އޭގެތެރެއިން އެކަކުގެ ބޯ ފަޅައިގެން ގޮސް، ލޭ ފައިބާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

ރާއްޖޭގައި ބިދޭސީންގެ މެދުގައި މާރާމާރީ ހިންގުމުގެ މައްސަލަތަކާއި ބިދޭސީން ކުށްކުރާ މިންވަރު އިތުރުވެފައިވަނިކޮށް، އެކަން މަދުކޮށް، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، ސަރުކާރުގެ މުއައްސަސާތަކުގެ ބެލުމުގެ ދަށަށް ގެނެސް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކޮށްލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓު ވަގަށްނެގި މައްސަލައިގައި މުއާޒްގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިޚަބަރު | ގަޑިއިރެއް ކުރިންއެޕްލިކޭޝަނާއެކު ކޮންމެ 8 ގަޑިއިރަކުން ސްކޭމަރުންގެ މަޢުލޫމާތުތައް އަދާހަމަކުރެވިގެންދާނެ: ފުލުހުން ޚަބަރު | 20 ގަޑިއިރު ކުރިންޑްރަގް މައްސަލާގައި ދެ ރަށަކުން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންހދ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށްފި ޚަބަރު | ދުވަހެއް ކުރިން