logo
Bank of Maldives

Bank of Maldives

ޚަބަރު

ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި 20,000 ޑޮލަރު ވެރިފަރާތާ ހަވާލުކޮށްފި

އާމިނަތު ޝަފާ
26 އޮކްޓޯބަރު 2025 - 10:52
ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި 20,000 ޑޮލަރު  ވެރިފަރާތާ ހަވާލުކޮށްފި

ހުޅުމާލެ ފޭސް 3ގައި ބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި 20،000 ޑޮލަރާއި އެހެނިހެން ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 24ވަނަ ދުވަހުގެ ރޭ 2:40 އެހައިކަންހާއިރު ހުޅުމާލެ ފޭސް 2ގެ ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު، ބިދޭސީން ދިރިއުޅޭ ސައިޓަކުން ވައްކަންކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެ ސައިޓަށް ގޮސް މައުލޫމާތު އޮޅުންފިލުވިއިރު ދަބަހެއް ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެ ދަބަހުގައި 20،000 ޑޮލަރު ހުންނާނެ ކަމަށާ އަދި އެހެނިހެން ތަކެތި ވެސް ވަގަށް ނަގާފައިވާ ކަމަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައުލޫމާތު ލިބުމުން ފުލުހުން އެ ސަރަހައްދު ބަލައިފާސްކުރަމުން ދިޔައިރު 20،000 ޑޮލަރާއެކު އެ ދަބަހާއި ވޮލެޓުތަކަކާއި އެހެނިހެން ތަކެތި ފެނިފައިވާކަމަށާއި މި ތަކެތި ފެނިފައިވަނީ ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓައިކަމަށް ފުލުހުން ބުނެއެވެ. މި ތަކެތި މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވާކަމަށާއި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޒަމާނީ އާލާތްތަކުން ފުލުހުންގެ ފޮރެންސިކް އަދި ތަހުގީގީ މަސައްކަތް ހަރުދަނާވެގެންދާނެ: ސީޕީޚަބަރު | 3 ގަޑިއިރު ކުރިންބިދޭސީން ދިރިއުޅޭ ސައިޓަކުން ވަގަށްނެގި 20,000 ޑޮލަރު ވެރިފަރާތާ ހަވާލުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންގެއްލިގެން ހޯދަމުންދިޔަ ޕޫރްނީމާ ފެނިއްޖެ، އޭނާގެ ހާލު ރަނގަޅުޚަބަރު | 7 ގަޑިއިރު ކުރިން281 ފުޅި ބަނގުރާ އަތުލައި ފުޅާ ދާއިރާއެއްގައި ބަނގުރާ ވިއްކި ބަޔަކު ހައްޔަރުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިން