ެއަންނަ އަހަރުގެ ބަޖެޓު ވާނީ، ރައްޔިތުންނަށް ވީ ވައުދުތަކުގެ ބާކީ ހުރި މަޝްރޫއުތައް ފެށޭ ބަޖެޓަަކަށް: ރައީސް
27 އޮކްޓޯބަރު 2025 - 05:59

އަންނަ އަހަރަށް ހުށަހަޅާ ބަޖެޓު ވެގެންދާނީ،ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ވީ ވައުދު ތަކުގެ ބާކީ ހުރި މަޝްރޫއުތައް ފެށޭ ބަޖެޓަަކަށް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުމިފަދައިން ވިދާޅުވީ،ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ،ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް މިހަފްތާ ނިމުމުގެ ކުރިން ސަރުކާރުން މަޖިލީހައް ބަޖެޓު ހުށަހަޅާނެ ކަމަށާއި،އެ ބަޖެޓުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން މިއަހަރު އަމަލީ ގޮތުން ފެށުނު މަޝްރޫއު ތަކުގެ އިތުރުން،ދެން ހުރި ވަޢުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫއުތައް ހިމަނުއްވާނެ ކަމަށެވެ.

Ad by Hajj Corporation
"އަޅުގަނޑު ކުރިން އޮންނާނެ އިއުލާން ކޮށްފަ ދެ އަހަރަށް ބަހާލައިންނޭ ވައުދުތަށް އަމަލީ ގޮތުން ފުއްދުމުގެ މަސައްކަތް ތާވަލު ކޮށްފަ މިއޮތީ،އެހެންވީމާ އަންނަ އަހަރަށް ހުށަހަޅާ ބަޖެޓު ވެގެން ދާނީ އަޅުގަނޑު ރައްޔިތުންނަށް ވީ ވައުދުތަކުގެ ދެން ބާކީ ހުރި މަޝްރޫއުތަށް ފެށޭ ބަޖެޓަކަށް.އަދި އޭގެ އިތުރަށް އިތުރަށް ރައްޔިތުންނަށް ޙިދުމަތްތައް ދިނުމުގެ ގޮތުން ފަހިވާނެ ގޮތަށް ބަޖެޓު މި ހުށަހަޅަނީ"ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ،ރައްޔިިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނުމުގައި ސަރުކާރުން އަބަދުވެސް މަސައްކަތް ކޮއްދެއްވާނެ ކަމުގައި ވިދާޅުވަމުންެނެވެ.
ޅ. އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި ހިމެނިގެން، ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ.
ތަޢުލީމާއި ކުޅިވަރުގެ ދާއިރާއާއެކު، ހުރިހާ ދާއިރާއަކުންވެސް، ރަށަށް ބޭނުންވާ ތަރައްޤީގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.


