logo
ވީއައިއޭ ޓާމިނަލް ވަންނަން ދިޔަ ބެންކް މުވައްޒަފުންގެ އަތުގައި އޮތް ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފިBank of Maldives

Bank of Maldives

ޚަބަރު

އަންނަ އަހަރު އަތޮޅު ކައުންސިލް އުވާލަން ނިންމައިފި

އައިޝަތު ނަޝާ
27 އޮކްޓޯބަރު 2025 - 06:23
 އަންނަ އަހަރު އަތޮޅު ކައުންސިލް އުވާލަން ނިންމައިފި

ޤާނޫނު އަސާސީއަށް ގެންނަ ބަދަލެއްގެ ތެރެއިން، އަންނަ އަހަރު އަތޮޅު ކައްންސިލް އުވާލަން ނިންމައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުމިފަދައިން ވިދާޅުވީ،ޅ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު އިތުރަށް ވިދާޅުވީ ،އަތޮޅު ކައުންސިލްތައް އުވާލުމުން ލިބޭ ފައިސާ ބަހާލާނީ،ރައްރަށުގެ ކައުންސިލްތަކުގެ ބަޖެޓުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ޙިދުމަތްތަށް ކުރަން ކަމަށާއި،އަދި އަތޮޅު ކައުންސިލް ނެތުނީމާ އެ އިތުރުވާ ފައިސާ ހޭދަކުރާނީ ރައްޔިތުންގެ އިޖްތިމާއީ ކަންކަމަށް ފަހިވާނެ ގޮތަށް ކަމަށެވެ. އަދި ކައުންސިލްތަކަށް އިތުރުވާ ބަޖެޓު ހަމަޖައްސާނީ، ކޮންމެ ރަށެއްގެ ކައުންސިލްތަށް މެދުވެރިކޮށް، އެ ރަށެއްގައި އުޅޭ އިޖްތިމާއީ ގޮތުން އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ތެރިކަން ދެވޭ ގޮތަށް ލާޒިމް ކޮށްގެން ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

"އެހެންވީމާ މިއަންނަ އަހަރު ކައުންސިލްތަކުގެ ބަޖެޓައް މިއަހަރާ އަޅާ ބަލާއިރު އިތުރވެގެން ދާ ދިއުން އެ ބޭނުން ކުރެވޭނީ ހަމަ އެކަނި މި ދެންނެވި ފަދައިން އާންމު ރައްޔިތުންނަށް ބޭނުންވާ މި ފެންނެވި ކަހަލަ ބޭނުންތައް ޖެހިފަ ހުރި ފަރާތްތަކަށް ބޭނުންވާ ކަންކަމަށް .ކައުންސިލްތަކުގެ މެންޑޭޓު ޤާނޫނުގަ އޮންނާނެ އިޖްތިމާއީ ގޮތުން ރައްޔިތުންނަށް ކަންކަން ކޮށްދިނުން. އެ ޒިންމާ އަދާކުރުމަށް ބޭނުންވާ ފައިސާ މިދެނީ"ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ވެގެން ދާނީ ކައުންސިލްތަށް މެދުވެރިކޮށް ރައްޔިތުންނަށް ވަރަށް އޯގާތެރި އަދި އެހީތެރިކަން ފޯރުކޮށްދެވޭނެހެން ފަހިވާނެ ގޮތަށް ހުށަހެޅޭނެ ބަޖެޓެއް ކަމަށާއި، މިކަމުގެ ފައިދާ ރައްޔިތުންނަށް އިހުސާސްވާނެ ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގައި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ އިތުރުން އިޖްތިމާއީ ކަންކަމަށް ވެސް މި ސަރުކާރުން އަންނަނީ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވަމުންކަން ފާހަގަ ކޮށްލަންޖެހެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޅުވެލިފުށްޓާއި ކުރެންދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފަށައިފިޚަބަރު | 4 ގަޑިއިރު ކުރިން އަންނަ އަހަރު އަތޮޅު ކައުންސިލް އުވާލަން ނިންމައިފިޚަބަރު | 4 ގަޑިއިރު ކުރިންެއަންނަ އަހަރުގެ ބަޖެޓު ވާނީ، ރައްޔިތުންނަށް ވީ ވައުދުތަކުގެ ބާކީ ހުރި މަޝްރޫއުތައް ފެށޭ ބަޖެޓަަކަށް: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންޅ. އަދި ކ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއްގައި ރައީސް ފުރާވަޑައިގެންފިޚަބަރު | 7 ގަޑިއިރު ކުރިން