logo
Bank of Maldives

Bank of Maldives

ޚަބަރު

އައިލެންޑް ޕާފިއުމްސްގެ ބޮޑު "އިލްޒާމް" މިރޭ އޮލިމްޕަހުގައި

އަޙްމަދު ޒަލީފް
27 އޮކްޓޯބަރު 2025 - 07:22
—

އައިލެންޑް ޕާފިއުމްސް އަށް މިރެއަކީ ބޮޑު ރެއެކެވެ. އޮލިމްޕަހުގައި މިހާރު ދައްކަމުން އަންނަ ދިވެހި ފިލްމް "އިލްޒާމް"ގެ މެއިން ސްޕޮންސަރގެ ހައިޞިއްޔަތުން ފިހާރައިގެ ކަސްޓަމަރުންނަށްވެސް އެ ދިނީ ބޮޑު ހަދިޔާއެކެވެ. މިރޭގެ ޝޯ ޚާއްސަކޮށްފައިވަނީ އައިލެންޑް ޕާފިއުމްސްގެ ކަސްޓަމަރުންނަށެވެ.

ރެޑް ކާޕެޓް އިވެންޓަކާއެކު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިރޭގެ ޝޯގައި ސަޕްރައިޒް އެތައް ކަމެއް ފެނިގެންދާނެއެވެ. 8:30 ގައި ފެށުމަށް ހަމަޖެހިފައިވާ މިރޭގެ ޝޯއަށް އައިލެންޑް ޕާޕިއުމްސް އިން ތައްޔާރުވަމުން އަންނައިރު، ފިލްމްގެ ހުރިހާ ކާސްޓުންވެސް މިރޭގެ ރެޑްކާޕެޓުން ފެންނާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

IMG_0052.jpeg

"މިރެއަކީ ބޮޑު ރެއެއް. މިއީ ކަސްޓަމަރުންނަށް ދޭ ހަދިޔާއެއް. މިރޭގެ ޝޯގައި ސަޕްރައިޒިންގ ކަންތައްތަކެއް ފެނިގެންދާނެ" އައިލެންޑް ޕާފިއުމްސްގެ ޝަބީން ވިދާޅުވިއެވެ.

ޔޫއްޕެ ޕްރޮޑަކްޝަނުން ޑައިރެކްޓްކޮށް، ދެކެދެކެވެސް ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށްފައިވާ ދިވެހި ފިލްމް އިލްޒާމް މިހާރު އޮލިމްޕަހުގައި ދައްކަމުން ދާއިރު، މިހާތަނަށް މި ފިލްމް ބެލި އެންމެންވެސް ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ތަޢުރީފް ކޮށްފައެވެ.

IMG_0053.jpeg

ފިލްމު ބެލުމަށް ގިނަ ބަޔަކު އެދެމުން އަންނާތީއާއި، ފިލްމްގެ ޓިކެޓަށް އޮތް ޑިމާންޑް އިންތިހާއަށް ބޮޑުވެފައިވާތީ، މި ފިލްމްގެ އިތުރު ޝޯތަކެއް މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން، ބުރާސްފަތި އަދި ހުކުރު ދުވަހުގެރޭގެ ދަންވަރު ޝޯތަކާއި، ހުކުރު ދުވަހުގެ މެންދުރުފަހު 2:30 ގައިވެސް ޝޯއެއް އެޅުވުމަށް މިހާރު ވަނީ ނިންމާފައެވެ.

މި ފިލްމަކީ ދިވެހި މުޖުތަމައުން ފެނިގެންދާ އާއިލީ ގިނަ މައްސަލަތަކާއި، މުޖުތަމައުގައި ފަހަކަށް އައިސް ކަން ހިނގަމުންދާ ގޮތް ވަރަށް ފުރިހަމައަށް ދައްކުވައިދޭނެ ފިލްމެކެވެ. ހާއްސަކޮށް، ދަރިންނާއި މައިންބަފައިންނާ ދެމެދުގައި އުފެދޭ ގުޅުންތަކާއި، ނާޒުކު ހާލަތްތަކުގައި ގޮތް ނިންމަން ޖެހޭ ކަންކަން މި ފިލްމުން ފެނިގެންދެއެވެ.

މި ފިލްމްގައި ގިނަ އަދަދެއްގެ މަޝްހޫރު ތަރިން ހިމެނެއެވެ. އެގޮތުން، އަހުމަދު ނިމާލް، މަރިޔަމް ޝަކީލާ، މުހައްމަދު ރަޝީދު [ދަރާ] ޔޫސުފް ޝަފީއު ]ޔޫއްޕެ]، ޖުމައްޔިލް ނިމާލް، އާމިރާ އިސްމާއިލް، އަޙްމަދު ސައީދު، މުހައްމަދު ފައިސަލްގެ މުހިއްމު ރޯލްތަކެއް މި ފިލްމުން ފެނިގެން ދިޔައެވެ.

IMG_0054.jpeg

މީގެ އިތުރުން މިހާރު އަރަމުން އަންނަ ތަރިން ކަމަށްވާ މަރިޔަމް ޝިފާ، ޝަހީދާ އަހްމަދް[ޑޯރާ]، ލައިޝާ ލަތީފް މި ފިލްމުން ފެނިގެން ގޮސްފައިވާއިރު، މި ފިލްމުގައި ޝިފާ އަދި ލައިޝާ ދައްކުވައިދީފައިވާ މޮޅު އެކްޓަށް ޕްރިމިއާ ޝޯ ބެލި ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިލެންޑް ޕާފިއުމްސްގެ ބޮޑު "އިލްޒާމް" މިރޭ އޮލިމްޕަހުގައި ޚަބަރު | 8 ގަޑިއިރު ކުރިން