logo
Bank of Maldives

Bank of Maldives

ޚަބަރު

ދިފާއީ ދާއިރާއިން އަންނަ އަހަރު ބޮޑު ހޭދައެއް ކުރާނެ

އާމިނަތު ޝަފާ
3 ނޮވެމްބަރު 2025 - 06:30
ދިފާއީ ދާއިރާއިން އަންނަ އަހަރު ބޮޑު ހޭދައެއް ކުރާނެ

ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކުރުމަށް ސިފައިންނާ ފުލުހުންގެ ކުރިއެރުމަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އަންނަ އަހަރުގެ ބަޖެޓުގެތެރެއިން މުހިންމު މަސައްކަތްތަކެއް ކުރައްވަން ނިންމަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މި އަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ޤައުމެއް، ޤައުމަކަށް ވެގެން އަންނަނީ އެ ޤައުމެއްގެ އަފުރާދުންގެ މައްޗަށް ބިނާވެގެން ކަމަށާ، ސަރުކާރުން ތަރައްޤީ ހޯއްދަވައިދެއްވި ކަމުގައި ވީ ނަމަވެސް، މިމޭރުމުން އަފުރާދުންގެ ވިސްނުން ބައްޓަންވެގެން ނުދާނަމަ، އެ ތަރައްޤީގެ ބޭނުމެއް ނެތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން މަސައްކަތްކުރަމުންދާނީ ކަންކަމަށް މަގުފަހިކޮށްދީ، ޢުމްރާނީ ގޮތުން ޤައުމު ތަރައްޤީކޮށް، ސިފައިންނާއި ފުލުހުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ޚިދުމަތުގައި ހޭދަކުރާ ވަގުތަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވުމަށްޓަކައި 2026 ވަނަ އަހަރުގެ ބަޖެޓުން ހޭދަކުރެއްވުމަށް ރާއްވަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

"ސިފައިންގެ އެކިއެކި ދާއިރާތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރުމާއި، އޭގެއިތުރަށް، ސިފައިން ޚިދުމަތުގައި ހޭދަކުރާ ވަގުތު، އެ ސިފައިންނަށް މިދިޔަ ގިނަ އަހަރުތަކުގައި އަޅައިނުލައި އޮތްއޮތުން ނިމުމަކަށް ގެނެސް، ރަނގަޅު ޚިދުމަތްތައް ދިނުމަށް ބަޖެޓުގައި ހިމެނުމަށް. މިސާލަކަށް ދަންނަވަންޏާ، ބަންޑާރަ ކޮށްޓާއި، ކަޅުތުއްކަލާ ކޮށީގައި، ޚިދުމަތުގައި އުޅޭ ވަގުތު އެ ބޭނުންކުރަންޖެހޭ އިމާރާތްތަކާއި ތަންތަން ބާވެ ވީރާނާވަމުންދާ ދިޔުން ނިމުމަކަށް ގެނައުމަށްޓަކައި އާ އިމާރާތްތައް އެޅުމާއި، ދެކުނުގައި، އައްޑުއަތޮޅުގައި އިރާދަކުރެއްވިއްޔާ އާ މަރުކަޒެއް އެޅުމާއި، ޓްރޭނިންގ މަރުކަޒެއް އެޅުން. އިރާދަކުރެއްވިއްޔާ ގިރިފުށީގެ ޓްރޭނިންގ ސެންޓަރު ހެދުމުގެ މަސައްކަތްވެސް އެވަނީ ފެށިފައި. މިފަދަ އެތައް ކަމެއް، އެތައް ކަމެއް. ފުލުހުންގެ ތެރޭގައިވެސް އެތައް ކަމެއް ކުރުމަކީ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނެ ކަންތައްތައް. ". ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ޤައުމަށްޓަކައި ޤުރުބާންވުމަކީ ހަމައެކަނި ސިފައިން ނުވަތަ ފުލުހުންގެ ޔުނީފޯމު އަޅައިގެން ކުރެވެން އޮތް ކަމެއް ނޫންކަމަށާ، މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ހިމާޔަތްކުރުމުގެ ޒިންމާ، ކޮންމެ ރައްޔިތަކަށްވެސް އޮތްކަން ފަޚްރެއްގެގޮތުގައި ދުށުމަށް، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. މާޒީގައި ޤައުމުތައް އަޅުވެތިކުރަން އަންނަނީ ހަތިޔާރު ހިފައިގެން ކުރިމަތިލުމަށް ކަމަށާ، ނަމަވެސް ބަވަނަވެފައި އޮތް އަދުގެ ދުނިޔޭގައި ކަން ހިނގަމުންދަނީ އެ މޭރުމުން ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ، ޓެކްނޯލޮޖީގެ މި ޒަމާނުގައި، ޣާފިލުކަމުގެ ތެރޭގައިވަނިކޮށްވެސް މިނިވަންކަން ގެއްލި ހިނގައިދާނެކަން ހަނދާންކޮށްދެއްވާފައެވެ.

ދިފާޢީ ކަންކަން ބެލެހެއްޓުމަށް އަންނަ އަހަރަށް ސަރުކާރުން ލަފާކުރާ ބަޖެޓުގައި 2.8 ބިލިޔަން ރުފިޔާ ހިމާނާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަންނަ އަހަރުގެ ބަޖެޓުގައި ވެސް ސަލާމަތީ ބާރުތައް ބޭނުންވާ ކަންކަން ކޮށްދިނުމަށް ބޮޑު އިސްކަމެއް ޚަބަރު | 3 ގަޑިއިރު ކުރިން''ޤައުމަށްޓަކައި ޤުރްބާންވުމަކީ ޔުނީފޯމު އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއްނޫން''ޚަބަރު | 3 ގަޑިއިރު ކުރިންނަޞްރުގެ ދުވަހުގެ އައްޑަނައިގެ ޙައްޤުވެރި ވެރިންނަކީ ހިތްވަރުގަދަ ދިވެހި ރައްޔިތުން: ރައީސް މައުމޫންޚަބަރު | 3 ގަޑިއިރު ކުރިންއެމްއެންޑީއެފްގެ އެއަރ ކޯރގެ ފުރަތަމަ އެއަރ ސްޓޭޝަން ޤާއިމުކޮށް، ޚިދުމަތް ފެށުމަށް ނިންމަވައިފި ޚަބަރު | 11 ގަޑިއިރު ކުރިން