logo
Bank of Maldives

Bank of Maldives

ޚަބަރު

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލް އެތެރޭގެ ތަހުގީގެއް ފަށައިފި

އާމިނަތު ޝަފާ
3 ނޮވެމްބަރު 2025 - 09:36
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލް އެތެރޭގެ ތަހުގީގެއް ފަށައިފި

މާލޭ ވިޔަފާރި ބަނދަރު ސަރަޙައްދާ ދިމާލުން ކޮޅުވެއްޓެއް ބަންޑުން ޖަހާލައި އިއްޔެ ހިނގި ހާދިސާއާ ގުޅިގެން ކުންފުނީގެ އެތެރޭގެ ތަހުގީގެއް ފަށާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް- އެމްޕީއެލްއިން ބުނެފިއެވެ.

 މާލޭގެ އެމްޕީއެލް ސަރަހައްދާ ދިމާ ބޭރުގައި ލޭންޑިން ކްރާފްޓެއް ބަނޑުން ޖަހާލައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ އިއްޔެ މެންދުރު ފަހު 15:44 ހާއިރުކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހާދިސާގައި އެމްޕީއެލްގެ ދެ މުވައްޒަފުން ވަނީ ނިޔާވެފައެވެ.

އެގޮތުން ހާދިސާގައި އެމް.ޕީ.އެލްގެ ލޭބަރާރގެ މަޤާމުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސޫދު ހޮސެއިން (32އ) ވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައި ނިޔާވެފައެވެ. މަސޫދު ވަނީ އެ ކުންފުންޏަށް ތިން އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކޮށްފައެވެ.

އޭގެ އިތުރުން ސީރިއަސް އަނިޔާތަކެއް ކުރިމަތިވެގެން އައި.ޖީ.އެމް.އެޗްގައި ފަރުވާ ދެމުންދަނިކޮށް، އެ ކުންފުނީގެ ލޭބަރާރގެ މަޤާމުގައި ހުރި ޢަލީ އަފްލާޙް އަބްދުﷲ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަފްލާޙް (25އ) އެ ކުންފުންޏާ ގުޅުނީ 2024 ވަނަ އަހަރު ޑިސެންބަރު މަހުގައިކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

އެމްޕީއެލްއިން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން، އެ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މިހާރު ވަނީ އެތެރޭ ތަހުޤީގު ފަށައިފައިކަމަށާއި އަދި ތަހުޤީގުން އެނގޭ މަޢުލޫމާތަށް ރިޔާއަތްކޮށް، އިތުރު މަޢުލޫމާތު އާންމުކުރާނެކަމަށެވެ.

 

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްޕީއެލް އެތެރޭގެ ތަހުގީގެއް ފަށައިފިޚަބަރު | 9 ގަޑިއިރު ކުރިންސިނގިރޭޓް ވައްކަން:ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިޚަބަރު | 4 ދުވަސް ކުރިންއެމް.ޕީއެލްގެ ފަޔާ އެކްސްޓިންގުޝާސް ރީފިލިން ސެންޓަރުގެ ޚިދުމަތް ފަށައިފި ވިޔަފާރި | 8 ދުވަސް ކުރިންދެކުނުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށް ބިޒްނަސް ފޯރަމްއެއް ބާއްވައިފި ވިޔަފާރި | 11 ދުވަސް ކުރިން