logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނގިރޭޓް ވައްކަން:ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

އައިޝަތު ނަޝާ
30 އޮކްޓޯބަރު 2025 - 17:49
ސިނގިރޭޓް ވައްކަން:ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް މިއަދު އަމުރުކުރި ފަސް މީހުންނަކީ ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)، ކަސްޓަމްސްގެ ކުރީގެ އިސް އޮފިސަރެއް ކަމަށްވާ މުއާޒު އަލީ، ކަސްޓަމްސްގެ އިސް އޮފިސަރެއް ކަމަށްވާ ޒިވާރު އިސްމާއިލް، ސިނގިރޭޓް ދެ ކޮންޓެއިނަރު އުފުލި ދޯނީގެ ކެޕްޓަން އާދަމް ވަހީދު އަދި އެމްޕީއެލްގެ މުވައްޒަފު އަހުމަދު ފިރުޝާން އެވެ. މި ފަސް މީހުން ވެސް ކޯޓަށް ހާޒިރުކުރީ ތަހުގީގަށް ބަންދުގައި ބޭތިއްބުމަށް ކުރިން ދީފައިވާ މުއްދަތު ހަމަވުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހުޅުމާލެ އެމްޕީއެލް ބަނދަރުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގައި ހުރި އެ ސިނގިރޭޓުތައް ގެއްލުނު މައްސަލާގައި މި މަހުގެ 14 ވަނަ ދުވަހު އެންމެ ފުރަތަމަ ހައްޔަރުކުރީ އާއްޓޭއާއި މުއާޒް ހިމެނޭހެން ހަތަރު މީހެކެވެ. އަދި ފަހުން ދެ ކޮންޓޭނަރު ވަގަށް ނަގައިގެން ގެންދިޔަކަމަށް ބެލެވޭ ދޯނީގެ ކެޕްޓަން ވެސް ހައްޔަރުކުުރި އިރު ފަހުން އެމްޕީއެލްގެ ތިން މުވައްޒަފަކުވެސް ހައްޔަރުކުރި އެވެ.

އެ މައްސަލައިގައި އާއްޓޭއާއި މުއާޒްގެ ބަންދަށް ކުރިން މުއްދަތު ޖެހިއިރު އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުންޏެވެ.

ސައޫދީ އަރަބިއްޔާގެ ބިންލާންދިން ގުރޫޕުގެ ނަމުގައި އެތެރެކުރި ވަގު ސިނގިރޭޓުތަކުގެ މައްސަލާގައި އެންމެ ފަހުން ހައްޔަރުކުރި ތިން މުވައްޒަފުންގެ ތެރެއިން އަހުމަދު ޝަމީމް އާއި ހުސައިން ސާމިހް މިހާރު ތިބީ ތަހުގީގުގެ ބޭނުމަށް ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފަ އެވެ. އެ ތިން މުވައްޒަފުން ވެސް މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އެމްޕީއެލްގެ ވަޒީފާ އިން ވަނީ ސަސްޕެންޑުކޮށްފަ އެވެ.

މި މައްސަލައިގެ ތަހުގީގަށް 12 މީހަކު ރާއްޖެ އިން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެމްޕީއެލުން ބުނެފައި ވަނީ އެ ކުންފުނީގެ ހަ މުވައްޒަފަކު ވެސް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނގިރޭޓް ވައްކަން:ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ފަސް މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިޚަބަރު | 7 ގަޑިއިރު ކުރިންއެމް.ޕީއެލްގެ ފަޔާ އެކްސްޓިންގުޝާސް ރީފިލިން ސެންޓަރުގެ ޚިދުމަތް ފަށައިފި ވިޔަފާރި | 5 ދުވަސް ކުރިންދެކުނުގައި ވިޔަފާރީގެ ފުރުސަތުތައް އިތުރުކުރުމަށް ބިޒްނަސް ފޯރަމްއެއް ބާއްވައިފި ވިޔަފާރި | 8 ދުވަސް ކުރިންސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ 241 ކޮމިޓީގެ ބައްދަލުވުން ފަސްކޮށްފިޚަބަރު | 14 ދުވަސް ކުރިން