އެންޓިގުއާ އެންޑް ބާބިއުޑާއަށް ކަނޑައަޅާ ސަފީރަކަށް ޝިރުޒިމަތު ޢައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް
4 ނޮވެމްބަރު 2025 - 04:53

އެންޓިގުއާ އެންޑް ބާބިއުޑާއަށް ކަނޑައަޅުއްވާ ސަފީރަކަށް ޝިރުޒިމަތު ސަމީރު ޢައްޔަންކުރެއްވުމުގެ މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ ފޮރިން ސަރވިސްގެ ޤާނޫނުގެ 14 ވަނަ މާއްދާގައިވާ ގޮތުގެމަތިން، އެންޓިގުއާ އެންޑް ބާބިއުޑާއަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢައްޔަންކުރުމަށް rރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ނަން ފޮނުއްވީ ޝިރުމީން ސަމީރުގެ ނަންފުޅެވެ.

Ad by Hajj Corporation
ޝިރުމީން ސަމީރު ނޮން-ރެސިޑެންޓް ސަފީރުކަމަށް ހަމަޖެއްސެވުމާމެދު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދަވައިދެއްވައި އެ މަޖިލީހުން ނިންމެވިގޮތް އަންގަވައިދެއްވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.
ޝިރުޒިމަތު މިހާރު ހުންނެވީ ދިވެހިރާއްޖޭން އެކުވެރި ދައުލަތްތަކަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމުގައެވެ.
ޤައުމުތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުން ޢައްޔަންކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ.


