logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްއީޒެޑް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

އާމިނަތު ޝަފާ
4 ނޮވެމްބަރު 2025 - 09:50
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

އިންވެސްޓަރުން ޝައުޤުވެރިކުރުވަން ބޮޑެތި ލުއިތަކަކާއެކު އިޤުތިޞާދީ މަސައްކަތްތައް ކުރުމަށް ވަކި ސަރަޙައްދެއް ދޫކުރާ ގޮތަށް ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު މުޅި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ފާސްކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމިޓީން ހުށައެޅި އިސްލާހުތަކާއެކު ބިލު ފާސްކުރަން ފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް 9 މެންބަރަކު ވޯޓު ދެއްވިއެވެ.

މި ބިލު ދިރާސާކުރައްވާފައިވަނީ، މުޅި މަޖިލީހުގެ ކޮމިޓީންނެވެ. ކޮމިޓީގައި ބިލަށް އެއް އިސްލާހު ހުށައެޅުއްވިއެވެ. މި އިސްލާހު ހުށައެޅުއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަލީ މޫސާއެވެ. އިސްލާހަށް ތާޢީދުކުރެއްވީ، ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢިލްއެވެ. އެ އިސްލާހަކީ، ބިލުގެ 4 ވަނަ މާއްދާގެ 22 ވަނަ މާއްދާގެ ހ. ގައި ބިލުގައި އޮތް ގޮތް ބަދަލު ކުރުމަށެވެ. އެ އިސްލާހަކީ، ޒޯނެއްގައި ހިމެނޭ ޓޫރިސްޓް ރިޒޯޓެއްގެ ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓެއްގެ ވިލާއެއް ނުވަތަ ކޮޓަރިއެއް ސްޓްރާޓާ އުސޫލުން ދިގު މުއްދަތަކަށް ކުއްޔަށް ދިނުމުގެ މުޢާމަލާތަކާ ގުޅިގެން އެ ވިލާއެއް ނުވަތަ ކޮޓަރިއަކާ ގުޅޭ ޙައްޤުތައް ވިއްކާލާ ޖުމްލަ އަގުގެ 4 އިންސައްތައިގެ ރޭޓުން ޕްރޮޕަރޓީ ޓްރާންސްފަރ ޓެކުހެއްގެ ގޮތުގައި ދައުލަތަށް ޓެކުހެއް ނެގޭނެ ގޮތަށް ބަދަލު ކުރުމަށެވެ.


‏ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނަކީ، ދިވެހިރާއްޖޭގައި މިނިވަން ވިޔަފާރި ‏‏ސަރަޙައްދުތައް ކަނޑައެޅުމާއި، އުފެއްދުމާއި، ހިންގުމާއި، އެ ޒޯނުތަކުގައި އިންވެސްޓްކުރުމާއި، އެ ‏‏ޒޯނުތައް ތަރައްޤީކުރާ ޑިވެލޮޕަރުންނާއި އެ ޒޯނުތަކުގައި އިންވެސްޓްކުރާ އިންވެސްޓަރުންނަށް ދެވޭ ‏‏ޢިނާޔަތްތަކާއި، ކަމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. ‏


ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ‏‏ބިލު ރައްޔިތުންގެ މަޖިލީހުން ޖަލްސާއިން ފާސްކޮށްފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ، މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. މިއީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު 2014 ވަނަ އަހަރު އުފެދުނު ފަހުން، މި ޤާނޫނަށް ހުށައަޅާފައިވާ ފުރަތަމަ އިސްލާހެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްއީޒެޑް ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިޚަބަރު | 9 ގަޑިއިރު ކުރިންބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެންބަރަކަށް 15 މިނެޓު ޚަބަރު | 11 ގަޑިއިރު ކުރިންއެންޓިގުއާ އެންޑް ބާބިއުޑާއަށް ކަނޑައަޅާ ސަފީރަކަށް ޝިރުޒިމަތު ޢައްޔަންކުރުމުގެ މައްސަލަ ކޮމިޓީއަށް ޚަބަރު | 13 ގަޑިއިރު ކުރިންއެމްޑީޕިން ހުށަހެޅީ އެއްވެއުޅުމުގެ ގާނޫނު އުވާލުމަށްޚަބަރު | 14 ގަޑިއިރު ކުރިން