logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ %80 ނިމިފައި

އައިޝަތު ނަޝާ
4 ނޮވެމްބަރު 2025 - 11:12
ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް  ތަރައްގީ ކުރުމުގެ މަޝްރޫއުގެ %80 ނިމިފައި

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ %80 މަސައްކަތް ނިމިއްޖެއެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫއުގެ ސެގްމެންޓް އެކެއްގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ޝަހީދު ހުސައިން އާދަމް ބިލްޑިންގްއާ ހަމައަށް އޮންނަ ސަރަހައްދެވެ.

އެ މަގުގެ އަޑީގައި އަޅާ ޔުޓިލިޓީ ނެޓްވޯކާއި ފެން ހިންދާ ނިޒާމުގެ މަސައްކަތް ކަމާ ގުޅުން ހުރި ކުންފުނިތަކުން ކުރަމުން އަންނަައިރު، މަސައްކަތް ގާތްގަނޑަކަށް ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. އަދި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރާނެއެވެ.

މި މަސައްކަތް ބާރު ސްޕީޑްގައި އެމްޓީސީސީން ކުރަމުންދާއިރު، ފުލުހުން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައިވަނީ، މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ސަރަހައްދު ރޭ 8:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށް ބުނެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ތަރައްގީ ކުރުމުގެ މަޝްރޫއުގެ %80 ނިމިފައިޚަބަރު | 7 ގަޑިއިރު ކުރިންނައިފަރު ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 8 ދުވަސް ކުރިންރަސްފަންނު ތަރައްޤީކުރުމުގެ މަސައްކަތް: ފެންހިންދާ ނިޒާމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 8 ދުވަސް ކުރިންނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފިކުޅިވަރު | 9 ދުވަސް ކުރިން