logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި

އާމިނަތު ޝަފާ
26 އޮކްޓޯބަރު 2025 - 11:47
ނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފި


ޅ. ނައިފަރުގައި ފުޓްބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނެސް އެންޑް ރިކްރިއޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތުގެ އެއްބަސްވުމުގައި، މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނެސް އެންޑް ރިކްރިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢަބްދުﷲ ރާފިޢުއެވެ. އަދި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ.

މި މަޝްރޫޢުގެ ދަށުން، ސަބްބޭސް މަރާމާތު ކުރުމާއި، ޓާރފް އަލުން އެޅުމާއި، ވަށައިފާރު ރޭނުމާއި، ފެންސް ރެނޮވޭޓް ކުރުމާއި އިތުރު ބައްތި ހޮޅިދަނޑި ހަރުކުރުމާއި، މިހާރު ހުރި ރޮސްޓްރަމް ރޫޅާލުމާއި 16,100 އަކަފޫޓުގެ ސަރަހައްދެއްގައި 3 ފަންގިފިލާގައި އާ ރޮސްޓްރަމެއް ހެދުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 24.78 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ޙަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

6000 މީހުންގެ އާބާދީއެއް އޮންނަ ޅ. ނައިފަރުގައި ފުޓްބޯޅަދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫޢުއަކީ، ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢުއެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުމުން ރަށުގެ ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ކުރިއެރުންތަކެއް ލިބި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެކަމަށް އެމްޓީސީސީން ދެކެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ސާމާނު ހޯދުމަށް ފަހުމުނާމާއެއްގަައި ސޮއިކޮށްފިޚަބަރު | ދުވަހެއް ކުރިންމާލޭ ބޭރުމަގު: ދުރުވިސްނޭ ސިކުނޑިއަކުން ގެނެސްދޭ އިންތިހާ ފަސޭހަކަމެއްރިޕޯޓް | 3 ދުވަސް ކުރިންބޮޑުތަކުރުފާނު މަގު: ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިންމާލައިފިޚަބަރު | 15 ދުވަސް ކުރިންފުނަދޫގައި އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 25 ދުވަސް ކުރިން