logo
Bank of Maldives

Bank of Maldives

ރިޕޯޓް

މާލޭ ބޭރުމަގު: ދުރުވިސްނޭ ސިކުނޑިއަކުން ގެނެސްދޭ އިންތިހާ ފަސޭހަކަމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ޖުލައި 2026 - 17:50
މާލޭ އުތުރު ފަރާތު ބޭރުމަގު މި ސަރުކާރުން ތަރައްގީކުރަނީ، މިއީ ރައްޔިތުންނަށް އިންތިހާ ލުއިކަން ލިބިދޭނެ މަސައްކަތެއް
މާލޭ އުތުރު ފަރާތު ބޭރުމަގު މި ސަރުކާރުން ތަރައްގީކުރަނީ، މިއީ ރައްޔިތުންނަށް އިންތިހާ ލުއިކަން ލިބިދޭނެ މަސައްކަތެއް

މާލެއަކީ އާބާދީ ބޮޑު، ތޮއްޖެހުން ބޮޑު ސިޓީއަކަށްވުމުން، ދަތުރުފަތުރާއި މަގުތަކުގެ ދަތިކަމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިއްމު އަމާޒެކެވެ. އެގޮތުން، މާލޭގެ ބޭރުމަގު ނުވަތަ ބޮޑުތަކުރުފާނު މަގު 4 ލޭނަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި ސަރުކާރުން ވަނީ 21 އޯގަސްޓް 2025 ގައި ފަށާފައެވެ.

މި ބޮޑު މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމަށް އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މުޅި މަޝްރޫޢު ބަހާލެވިފައިވަނީ 2 ފިޔަވައްސަކަށެވެ. މީގެ ތެރެއިން ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަހައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2026-07-17 230155.png

ޖުމްހޫރީ މައިދާން ކައިރިން ބޮޑުތަކުރުފާނު މަގު ފުޅާކުރި ސަރަހައްދު

 

މަޝްރޫޢުގެ ފޭސް 1 ގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓަރމިނަލްއާ ހަމައަށް އޮތް 838 މީޓަރުގެ ސަރަހައްދެވެ. މީގެ ތެރެއިން 830 މީޓަރުގެ މަގު ހަދާއިރު، 737 މީޓަރުގެ ސަރަޙައްދެއްގައި ޝީޓް ޕައިލް ކޮށްގެން މަގު ފުޅާކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. މަގު ފުޅާކުރުމަށްޓަކައި އެއްގަމު ތޮށި ވަނީ 6 މީޓަރު ބޭރަށް ޖައްސާފައެވެ. 144 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާ މި މަޝްރޫޢުގެ ދަށުން ތާރު އެޅުމާއި، ސަބްބޭސް ތައްޔާރުކުރުމާއި، ޒަމާނީ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގު ބައްތި އަދި މަގުމަތީ ނިޝާންތައް ހަރުކުރުން ހިމެނެއެވެ.

Screenshot 2026-07-17 230440.png

މަސްވެރިންގެ މާރުކޭޓާއި ހިސާބުން ނޯތު ހާބަރާއި ހަމައަށް ފުރަތަމަ ނިންމި ސަރަހައްދު

 

މަސައްކަތުގެ ދުވެލި އަވަސްކުރުމަށްޓަކައި އެމްޓީސީސީން 24 ގަޑިއިރު މަސައްކަތް ކުރަމުންދާއިރު، މީގެ ނަތީޖާ މިހާރުވެސް ފެންނަން ފަށައިފިއެވެ. ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި ނިމި، މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. އަދި ބާޒާރުމަތީ ސަރަހައްދުން އަލަށް ހެދި ބައި 16 ފެބްރުއަރީ 2026 ގައި ދެކޮޅަށް ދުއްވޭ ގޮތަށް ހުޅުވާލުމާއެކު، އެ ސަރަހައްދުގެ ތޮއްޖެހުމަށް ބޮޑު ހައްލެއް ވަނީ ލިބިފައެވެ. މީގެ އިތުރުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ކުރިއަށްދާ މަސައްކަތުގެ ތެރެއިން، ޖުލައި 8 ގައި ވަނީ ފޮރިން މިނިސްޓްރީއާ ހަމައަށް ތާރު އަޅައި ނިންމާފައެވެ.

464465_7df42916-1_.jpg

ރައީސް މުޢިއްޒު ބޭރު މަގުގެ މަސައްކަތް ބައްލަވާލައްވަނީ

 

މި މަގު ހެދުމުގެ ކުރިން، ގިނަ އޮފީސްތަކެއް ހުންނަ މި ސަރަހައްދުގެ މަގުތައް އޮތީ ވަރަށް ބޮޑަށް ހަލާކުވެ، އަޑިގުޑަންތަކުން ފުރިފައެވެ. ނަމަވެސް އައު މަޝްރޫޢާއެކު، ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް ޚާއްސަ ލޭންތަކެއް އޮތުމުން ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެއެވެ. މުދާ އުފުލާ އުޅަނދުތަކާއި، އަތޮޅުތަކުގެ ބޯޓުފަހަރުގެ ޚިދުމަތް ހޯދާ ފަރާތްތަކާއި، ބާޒާރުމައްޗަށް ޒިޔާރަތްކުރާ ރައްޔިތުންގެ ވަގުތު މިކަމުގެ ސަބަބުން ސަލާމަތްވެގެންދާނެއެވެ. އަދި މަސައްކަތް އެއްކޮށް ނިމޭއިރު، ކުރިއެކޭ އެއްގޮތަށް މަގުގެ އެއްފަރާތުގައި ޕާކުކުރެވޭނެ ޖާގައާއި މަސްވެރިންގެ ޕާކު ސަރަހައްދުވެސް ތަރައްޤީ ކުރެވޭނެއެވެ.

745885172_1465176695638329_4347470624894087672_n.jpg

ބާޒާރު ބޭރު މަގު މިހާރު ނިންމަމުން އަންނަ ސަރަހައްދު

 

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ކުރިއަށްދާ މަސައްކަތް މި މަހުގެ 26 ގެ ކުރިން އެއްކޮށް ނިންމައި ހުޅުވާލެވޭނެއެވެ.

މިއީ މާލެއަކީ ރައްކާތެރި އަދި ހިތްފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ ދުރުވިސްނޭ މަސައްކަތުގެ މުހިއްމު ބައެކެވެ. ޒަމާނީ މި މަގުތަކާއެކު މާލެ ސިޓީގެ މޫނުމަތި ބަދަލުވެ، ރައްޔިތުންގެ ދިރިއުޅުމަށް އިންތިހާ ފަސޭހަކަމެއް ލިބިގެންދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

Screenshot 2026-07-17 231343.png

ރައީސް މަގުގެ މަސައްކަތް ބައްލަވާލައްވަނީ، މިއީ އެމަނިކުފާނުގެ ވަރުގަދަ ތަސައްވުރުގެ ނަތީޖާ

 

ހަމައެހެންމެ، މި ބުރަ ބޮޑު، ރައްޔިތުންނަށް އިންތިހާ ބޭނުންވެފައިވާ މަސައްކަތުގެ ފަހަތުގައި ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަޢުލީމީ، ތަޖުރިބާކާރު އަދި ދުރުވިސްނޭ ސިކުނޑިފުޅުގެ ގާބިލުކަންކަމާމެދު ޝައްކެތްނެތެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ބޭރުމަގު: ދުރުވިސްނޭ ސިކުނޑިއަކުން ގެނެސްދޭ އިންތިހާ ފަސޭހަކަމެއްރިޕޯޓް | 2 ގަޑިއިރު ކުރިން މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢު ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ: ރައީސްޚަބަރު | 10 ގަޑިއިރު ކުރިންގިރިފުށީ ބިންހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފިޚަބަރު | ދުވަހެއް ކުރިންސިފައިންގެ އަސާސީ ތަމްރީން ކޯސް ނިންމި 2 ބެޗެއްގެ ދަރިވަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިޚަބަރު | ދުވަހެއް ކުރިން